ޓްރީ ޓޮޕް ހޮސްޕިޓަލުގައި "ކޭޝް ލެސް ސާރވިސް" ތަޢާރަފްކޮށްފި

ހުުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލް

ޓްރީޓޮޕް ހޮސްޕިޓަލުގައި، "ކޭޝްލެސް ސަރވިސް"ގެ ނަމުގައި އައު ޚިދުމަތެއް ތަޢާރަފްކޮށްފިއެވެ.

ސޮލަރެލް އިންޝުއަރެންސް ކުންފުނީގެ ކަސްޓަމަރުންނަށް ޚާއްސަކޮށްގެން ފައިސާދެއްކުމަށް ތަޢާރަފްކުރި އެ ޚިދުމަތާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލުން ހާމަކުރި ގޮތުގައި އެ ޚިދުމަތަކީ ހޮސްޕިޓަލްގެ ހިދުމަތްތަކަށް އިތުރު ފަސޭހަ އަދި ފުރިހަމަ ކަމެއް ގެނެއުމަށްޓަކައި އިންޕޭޝަންޓް އަދި އައުޓްޕޭޝަންޓްގެ ޙިދުމަތްތަކަށް ތައާރަފް ކޮށްފައިވާ ޚިދުމަތެއް ކަމަށެވެ. އަދި ސޮލަރެލް އިންޝުއަރަންސް އާއި ގުޅިގެން "ކޭޝްލަސް ސަރވިސް"ގެ ނަމުގައި ފައިސާދެއްކުމަށް ޤާއިމުކުރެވުނު އެ ނިޒާމުގެ ދަށުން ސޮލަރެލްގެ ކަސްޓަމަރުންނަށް ލިބިފައިވާ އިންޝުއަރަންސް ޕެކޭޖް ބޭނުންކޮށްގެން ހޮސްޕިޓަލްގެ ބިލްތަކަށް ފައިސާދެއްކުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާ އެ ޚިދުމަތާއިއެކު ކަސްޓަމަރުންނަށް އަމިއްލަ ޖީބުން ކުރަންޖެހޭ ހަރަދުތަކަށްވެސްް ލުއިކަމެއް ލިބިގެންދާނޭކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ.

ނަމަވެސް އިންޝުއަރަންސް މެދުވެރިކޮށް ފައިސާ ދެއްކޭނީ އެމީހަކު ސޮލަރަލްއިން ނަގާފައިވާ ޕެކޭޖުގައި ކަނޑައެޅިފައިވާ އަދަދުކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ. ސަތޭކަ ދިހަ މިލިއަން ޑޮލަރުގެ އިންވެސްޓުމެންޓަކުން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ޓްރީޓޮޕް ހޮސްޕިޓަލްގައި އެންމެ ޒަމާނީ އިކުއިޕްމެންޓާއި ހިދުމަތްތަކާ އެކު ޓްރީޓޮޕް ހޮސްޕިޓަލުގައި ފަސް ކެޓަގަރީއެއްގެ ރޫމާއި 210 އެނދު ހުރެއެވެ. މީގެ އިތުރުން ދެ ޕްރެޒިޑެންޝަލް ސުއިޓާއި، އެކި ކަހަލަ ބަލިތަކަށް ފަރުވާދޭނެ ކްލިނިކްތައް، ޓެސްޓުތަކާއި ސްކޭންތައް ހެދޭނެ އެންމެ ޒަމާނީ ޓެކްނޮލަޖީ ވަނީ ގާއިމްކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...