އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީންނަށް އިތުރު ފިޔަވަޅުތައް އަޅަން ނިންމައިފި

އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީންގެ ހާލަތު އިތުރަށް ގޯސް ކުރުމުގެ ތައްޔާރީތައް ވަމުންދާ ކަމަށް އެ ޤައުމުން ބުނެފިއެވެ.

އިސްރާއީލުގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރ ގިލާޑް އަރޑެން ވިދާޅުވީ އެ ޤައުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީންގެ ހާލަތު ގޯސްކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ފެން ފޮރުކޮށްދޭ މިންވަރު މަދު ކުރުމާއި އާއިލާއަށް ބައްދަލު ކުރެވޭ ގަޑި މަދުކުރުން ހިމެނޭ ކަމަށެވެ. އަދި އެ ފިޔަވަޅު އެޅުމަށް ކެބިނެޓުގެ ހުއްދައަށް އެދިފައިވާ ކަމަށައި އެ ހުއްދަ ލިބުމާއެކު ފިޔަވަޅު އަޅަން ފަށާނެކަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ މިހާރުވެސް އާއިލާއަށް ބައްދަލުކުރެވޭ ގަޑިތައް މަދުކޮށްފައިވާ ކަމަށާއި ހަމާސްގެ އެއްވެސް މީހަކަށް އާއިލާއާއި ބައްދަލު ނުކުރެވޭނެ ގޮތަށް ހަދާފައިވާ ކަމަށެވެ.

އިސްރާއީލުން އެފަދައިން އެންގުމުން ފަލަސްތީނުގެ އިސް ލީޑަރުން ދަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އެ ފަރާތްތަކުން ބުނަމުން ގެންދަނީ އިސްރާއީލުން ނިންމާ ނިންމުމަކީ އަނެއްކާވެސް އިސާނިއްޔަތާއި ޚިލާފަށް ނިންމާ ނިންމުމެއް ކަމަށެވެ. އަދި އިސްރާއީލުން ނިންމުންތައް ނިންމަމުން ގެންދަނީ ބައިނަލަޤްވާމީ ޤާނޫނުތަކަށް ބެލުމެއް ނެތި ކަމަށްވެސް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ 5،500 ގައިދީން ތިބި އިރު އޭގެ ތެރޭގައި 230 ކުޑަކުދިންނާއި 54 އަންހެނުން ހިމެނެއެވެ. އަދި އޭގެ ތެރެއިން 1،800 މިހުންނަކީ ސިއްހީ އެހީތެރިކަން ބޭނުންވާ މީހުން ކަމަށް އިންސާނީ ޙައްގުތަކާއި ބެހޭ ގްރޫޕްތަކުން ދަނީ ބުނަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...