ލީގުގެ އެންމެ މޮޅު ޓީމަކީ ސިޓީ: ޔާގަން ކްލޮޕް

ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް

އިނގިރޭސި ޕްރިމިއާ ލީގްގައި، މިރޭ ލިވަޕޫލްއާ ދެކޮޅަށް ނުކުންނަ މެންޗެސްޓާ ސީޓީއަކީ ދުނިޔޭގެ އެންމެ މޮޅު ޓީމު ކަމަށް ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނެފިއެވެ.

ކްލޮޕް ހާމަކުރާ ގޮތުގައި ސިޓީ ތާވަލުގެ ތިން ވަނައިގައި އޮތް ނަމަވެސް އެ ޓީމަކީ ދުނިޔޭގެ އެންމެ ވަރުގަދަ ޓީމު ކަމަށެވެ. އޭނާ ބުނީ އެހެން މެޗުތަކުގައި ލިވަޕޫލްގެ ކުޅުންތެރިން ދެއްކި ހިތްވަރު ސިޓީއާ ދެކޮޅަށްވެސް ހިފަހައްޓަން ޖެހޭ ކަމަށާއި، ކުޅެން ވާނީ ދުނިޔޭގެ އެންމެ މޮޅު ޓީމުގެ ގޮތުގައި ދެކިގެން ކަމަށެވެ.

އޭނާ އިތުރަށް ބުނީ ސިޓީގެ ކުޅުން ތަފާތު ކަމަށާއި އެ ޓީމުން ހާސިލުކޮށްފައިވާ ކަންތައްތާކައި ގާބިލުކަމަށް ބަލާއިރު ސިޓީގައި މޮޅު ކޯޗެއް އެބަހުރި ކަމަށެވެ. އަދި ޕޮއިންޓުގެ ފަރަގެއް ހުރިނަމަވެސް ސިޓީއިން އަބަދުވެސް މެޗުތައް ކުޅެނީ ތައްޔާރުވެ ތިބެގެން ކަމަށް ޔާގަން ވަނީ ބުނެފައެވެ.

ޔާގަން އެފަދައިން ބުނެފައިވާއިރު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އެ ޓިމަށް މިހާރު އެއްވެސް ބަޔަކު އިތުބާރު ނުކުރާ ކަމަށެވެ. އަދި އެއީ މިދިޔަ މަހު ޖެހިޖެހިގެން ދެ މެޗުން ބަލިވުމުން ކަމަށް އޭނާ ވަނީ ބުނެފައެވެ. ތާވަލުގެ އެއް ވަނައިގައި މިހާރު އޮތް ލިވަޕޫލާ ސިޓިއާއި ދެމެދު އޮތް ޕޮއިންޓްގެ ފަރަގު ހަތް ޕޮއިންޓަށް ވަނީ ފުޅާވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...