އޭބީސީޑީ3 ކެޓްރީނާ ދޫކޮށްލުުމުން އެފިލްމު ޝްރަދާއަށް؟

ރެމޯ ޑިސޫޒާގެ ޑާންސް ފިލްމު އޭބީސީޑީ ސީކުއެލްގެ ތިންވަނަ ފިލްމު އުފެއްދުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު އެފިލްމަށް ސޮއިކުރި އަންހެންތަރި ކެޓްރީނާ ކެއިފް މިވަނީ ކުއްލި ގޮތަކަށް އެފިލްމުން ވަކިވެފައެވެ. އޭނާ އެ ފިލްމުން ވަކިވެފައިވަނީ ކީއްވެގެން ކަން ހާމަކޮށްފައި ނުވިނަމަވެސް އޭނާ އެފިލްމުން ވަކިވެފައިވަނީ ސަލްމާންްއާއެކު އޭނާ ކުޅެމުން އަންނަ ފިލްމު، ބަރަތުއަށް ވަގުތު ދިނުމަށް ކަމަށް އިންޑިއާގެ ނޫސްތަކުގައިވެއެވެ.


ވަރުން ދަވަން ލީޑުން ފެނިގެންދާ އެ ފިލްމުން ކެޓްރީނާ ވަކިވުމާއި ގުޅިގެން އޭބީސީޑީގެ ދެވަނަ ފިލްމުން ފެނިގެން ދިޔަ ޝްރަދާ ކަޕޫރު އެފިލްމަށް ނަގާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ޝްރަދާގެ އިތުރުންވެސް އެ ފިލްމުގެ ލީޑުން ފެނިގެން ގޮސްފާނެކަމަށް ވާހަކަ ދެކެވޭ ތަރިންގެ ތެރޭގައި ޖެކޮލިން ފެނާންޑޭޒް، ކްރިތީ ސެނަން ހިމެނެއެވެ. ނަމަވެސް ގިނަ މީހުން ބުނެފައިވަނީ އެ ފިލްމުގެ ލީޑުރޯލާއި އެންމެ ގުޅެނީ ޝްރަދާއާއި ކަމަށެވެ.

އެފިލްމުގެ ޝޫޓިން ތައް ފަށަން ހަމަޖެހިފައިވަނީ އަންނަ ޖެނުވަރީ މަހުގެ ތެރޭގައި އިންޑިއާގެ އަމްރިތުސަރުންނެވެ.

ދެވަނަ ޝެޑިއުލްގެ މަސައްކަތްތައް ފެބްރުއަރީ މަސްތެރޭގައި ލަންޑަންގައި ކުރިއަށް ގެންދަން ނިންމާފައިވާއިރު ފިލްމުގެ އެންމެ ފަހުގެ ޝޫޓިންތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ޖުލައި މަސްތެރޭ މުމްބާއީގައެވެ. އެފިލްމު ރިލީޒްކުރާނެ ކަމަށް ބެލެވިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...