މެޖޯރިޓީ ހޯއްދެވުމަށް އަނެއްކާވެސް ނަޝީދުގެ ބަހަނާއެއް

ރައީސް ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގެން ފަހުން ފެނިގެންދިޔައީ ޖަލުގައި ބަންދުކޮށްފައި ތިބި ބޮޑެތި މުޖުރިމުންތައް ކުށެއް ނެތް ސާފު ބަޔަކަށް ހަދައި މިނިވަން ކުރި މަންޒަރު. އަދި އެއީ ރާއްޖޭގެ ޝަރުޢީ ނިޒާމު މިނިވަންވުމުންކަމަށްވެސް މި ސަރުކާރުގެ އެތައް ލީޑަރުންނެއް ދިޔައީ ބުނަމުން. އެހެންނަމަވެސް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކަމާ އެއްބަސްވެވަޑައި ނުގަންނަވާކަން ހާމަވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ރައީސް ޔާމީން ހުންނެވިއިރު އެމަނިކުފާނުގެ ނުފޫޒު ރާއްޖޭގެ ޖުޑީޝަރީއަށް ފޯރަމުންދާކަމަށް އޭރު އިދިކޮޅުގައި ތިއްބެވި އެމްޑީޕީއިން ދިޔައީ ބުނަމުންނެވެ. އަދި މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިހު ވެރިކަމަށް ގެނައުމަށްވެސް އެމްޑީޕީއިން އެންމެ ބޮޑަށް ވަކަލާތުކުރީ ރާއްޖޭގެ ޝަރުޢީ ނިޒާމު މިނިވަން ކުރާނެކަމަށްބުނެގެންނެވެ.

އެ ފަރާތްތަކުން އެފަދައިން ބުނަމުން ގެންދެވީ އެކިއެކި ކުށުގައި ސިޔާސީ އިސް ލީޑަރުންތަކެއް ބަންދު ކުރުމާއި ގުޅިގެން ކަމީ ރާއްޖޭގެ އެންމެންވެސް އިއްތިފާގު ވާނޭކަމެކެވެ. އަދި އެ ބައި މީހުން މިނިވަން ވުމަކީ ޝަރުޢީ ނިޒާމް މިނިވަންވުން ކަމުގައިވެސް އެފަރާތްތަކުން ދިޔައީ ބުނަމުނެވެ.

ރިޔާސީ އިންތީޚާބު ކާމިޔާބު ކުރައްވައި ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތުމަށްފަހު އާއިލި ބޭފުޅުންނާއި ސިޔާސީ ލީޑަރުންގެ އިތުރުން ބޮޑެތި ކުށްވެރިން މިނިވަން ކުރެއްވުމަށް މަސައްކަތް ފެޓެއްވިއެވެ. އެގޮތުން ރައްޔިތުންގެ ނުރުހުމާއެކުގައިވެސް އެމަނިކުފާނު ވަނީ ބައެއް މުޖުރިމުން މިނވަން ކުރައްވާފައެވެ. އަދި އެއީ ކުށް ނުކުރާ ސާފު ބަޔަކަށް ހައްދަވާފައެވެ.

އެމަނިކުފާނު ބޭނުންފުޅުވާގޮތައް ހުރިހާ ހުކުމްތަކެއް ނިމިގެން ދިއުމާއި ގުޅިގެން އެމަނިކުފާނު ވިދާޅުވީ ޝަރުޢީ ނިޒާމުގައި މައްސަލައެއް ނެތްކަމަށެވެ. އަދި އެމަނިކުފާނުގެ ބާރު ޝަރުޢީ ނިޒާމަށް ނުފޯރުވާނެކަމަށްވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އެމަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާ މިވަނީ އެކަންތައް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ ކެނޑިޑޭޓެއްގެ ޖަގަހަ ހުޅުވައިދެއްވައި ވިދާޅުވީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމް މިނިވަން ވާނީ އެ ޕާޓީއަށް މަޖިލީހުގެ އަޢުލަބިއްޔަތު ލިބގެންކަމަށެވެ. އެމަނިކުފާނު އެފަދައިން އެ ވިދާޅުވީ މި ސަރުކާރުގައި ޝަރުޢި ނިޒާމު މިނިވަން ނުވާތީބާއެވެ. އެހެންކަމުގައިވާނަމަ އެ މަނިކުފާނުވެސް މިނިވަންވެވަޑައިގެން އެ ހުންނެވީ ރަނގަޅަށް ނޫންކަމަށް އެކި ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތުމަށްފަހު މިނިވަންވި ލީޑަރުންގެ ތެރޭގައި ނަޝީދުވެސް ހިމެނިވަޑައިގަންނަވައެވެ. ރައީސް ޔާމީންގެ ސަރުކާރުގައި އެމަނިކުފާނު ޝަރުޢީ ނިޒާމަށް އަތް ބާނާފައި ނުވާނެކަމަށް ވިދާޅުވަމުން ގެންދެވި އިރު އެމަިކުފާނު ވެރިކަމުން ވައްޓާލުމަށް އެކެއް ފެބްރުއަރީގައި އަމުރު ނެރުނީވެސް ކޯލިޝަނުން ރާވައިގެންކަމަށް އެ ފަރާތްތަކުން ވަނީ އެއްބަސްވެފައެވެ.

ރައީސް ސޯލިހުގެ ވަޢުދުތައް ފުއްދެވުމަށް އެކި ބަހަނާތައް ދައްކަވުމް ގެންދަވާއިރު ނަޝީދު އެކި ޕޯޑިއަމްތަކުގައި ދަނީ އެފަދަ ބަހަނާތައް ދައްކަވަމުންނެވެ. އެގޮތުން މީގެ ކުރިން އެމަނިކުފާނު ވިދާޅުވީ ރައީސް ސޯލިހުގެ ވަޢުދުފުޅުތައް ފުރިހަމަ ކުރެވޭނީ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެންކަމަށެވެ. އެމަނިކުފާނު އެފަދަ ވާހަކަތައް ދައްކަވަމުން ގެންދަވަނީ ދިވެހިންގެ ލޮލުގައި އަނދުން އަޅުވައިގެން އިންތިޚާބުގައި މެޖޯރިޓީ ހޯއްދެވުމަށްކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ. އަދި އެމަނިކުފާނަށް ކޯލިޝަނަށް އިތުބާރު ނެތްކަަމަށްވެސް ކޯލީޝަންނަށް ނިސްބްތަވާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...