ހަތް މިނެޓް ތެރޭގައި ދެ ގޯލު ޖަހައި ވެސްޓް ހެމް ތާވަލުގެ 9ވަނައަށް

ހަތް މިނެޓް ތެރޭގައި ދެ ގޯލު ޖަހައި ސައުތެމްޕްޓަންގެ މައްޗަށް ކުރި ހޯދައި ޕްރިމިއަރ ލީގު ތާވަލުގެ ނުވަ ވަނައަށް ވެސްޓް ހެމް އަރައިފިއެވެ.

ޕްރިމިއަރ ލީގުގެ ރޭގެ މެޗުން ވެސްޓް ހެމް ދޭއް އެކެއްގެ ނަތީޖާއިން މޮޅުވެފައިވާއިރު މެޗުގެ 53 އަދި 59ވަނަ މިނެޓުގައި އެ ދެގޯލުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ފެލިޕޭ އެންޑަރސަން އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނުނަމަވެސް ދެޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ގޮތް ނުވެފައެވެ. އެހެންނަމަވެސް ދެވަނަ ހާފު ފެށުމާއެކު ސައުތެމްޕްޓަން އިން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ.

ރޭގެ މެޗުގައި ސައުތެމްޕްޓަންގެ ހަމަ އެކަނި ލަނޑު އެ ޓީމަށް ކާމިޔަބުކޮށްދިނީ ނޭތަން ރެޑްމޮންޑް އޭނާގެ އެ ލަނޑަށްފަހު 3 މިނެޓްތެރޭގައި އެންޑަރސަން ވަނީ ލަނޑު ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. އަދި އޭގެ ހަތް މިނެޓްފަހުން އޭނާ ޖެހި ދެވަނަ ލަނޑާއެކު ވެސްޓް ހެމުން ވަނީ ލީޑު ނަގާފައެވެ.

ރޭގެ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ފެލިޕޭ އެންޑަރސަން އެވެ. ވެސްޓް ހެމްއަށް ރޭގެ މެޗުން ލިބުނު ކާމިޔާބީއަކީ ފުރިހަމަ ކާމިޔާބީއެއްކަމަށް އެ ޓީމުގެ ކޯޗު ވަނީ ބުނެފައެވެ.

ރޭގެ މެޗަށްފަހު ވެސްޓް ހޭމް ތާވަލުގެ ނުވަ ވަނައިގައި އޮތް އިރު އަދިވެސް ތާވަލުގެ އެއްވަނައިގައި އޮތީ 51 ޕޮއިންޓާއެކު ލިވަރޕޫލް އެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...