މޯލްޑިވްސް ޓްރެވެލް އެވޯޑްސް 2018 ބާއްވައިފި

ރާއްޖޭގައި ހިންގާ ރިސޯޓުތަކާއި ހޮޓެލްތަކަށްދޭ އެންމެ ޝަރަފުވެރި އެވޯޑް މޯލްޑިވްސް ޓްރެވެލް އެވޯޑްސް ޕެރެޑައިޒް އައިލޭނޑް ރިސޯޓުގައި ބާއްވައިފިއެވެ.

ރޭ ބޭއްވި އެ ހަފްލާއަކީ ދިވެހިރާއްޖޭގައި ހިންގާ ރިސޯޓުތަކާއި ހޮޓެލްތަކުގެ ތެރެއިން އެކި ބައިތަކުން ހޮވާލެވޭ ފަރާތްތަކަށް ކޮންމެ އަހަރަކު ދެމުން ގެންދާ އެވޯޑެކެވެ. މި އަހަރުގެ އެވޯޑު ހަފްލާގައި ރާއްޖޭގެ ގިނަ އަދަދެއްގެ ރިސޯޓުތަކާއި ހޮޓެލްތައް އެކި ކެޓަގަރީތަކުން ނޮމިނޭޓްވެފައިވާއިރު ފަތުރުވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ހަތަރު ޝަހުސިއްޔަތަކަށްވެސް ވަނީ އެ އެވޯޑް އަރުވާފައެވެ.

އެގޮތުން މިއަހަރުގެ ފަތުރުވެރިކަމުގެ ދާއިރާގެ ޝަހުސިއްޔަތުންނަށް ހޮވުނީ އަލީ އަހުމަދު (އަލިބެ)އާއި، އިސްމާއިލް ހަމީދު އަދި ހުސައިން ވަހީދުއާއި މާކް ހަހީރް އެވެ. މީގެ އިތުރުން މިއަހަރުގެ ޓްރެވެލް އިންޑަސްޓްރީއިން އެންމެ ފަހާގަކޮށްލެވޭ ޝަހުސިއްޔަތަކަށް ހޮވިފައިވަނީ ވިލާ ގްރޫޕް އޮފް ކޮމްޕެނީސްގެ ޖެނެރަލް މެނޭޖަރ ގައިސަރު ނަސީމް އެވެ.

ރޭގެ ހަފްލާގައި އެންމެ ރޮމޭންޓިކް މަންޒިލަކަށް ހުވަފެންފުށި ހޮވިފައިވާއިރު ލަގްޒަރީ ރިސޯޓުގެ އެވޯޑް ހޯދާފައިވަނީ ޝަވެލް ބްލާންކް ރަންގަލި އެވެ. އަދި މީގެ އިތުރުން ތިމާވެއްޓާއި އެންމެ ރައްޓެހި ރިސޯޓަސް ދޭ އެވޯޑް ލީޑިން އިކޯ ރިސޯޓުގެ އެވޯޑް ހޯދާފައިވަނީ ސިކްސް ސެންސް ލާމު އެވެ.

ރޭގެ ހަފްލާގައި 33 ކެޓަގަރީއަކުން ފާހަގަކޮށްލެވޭ ރިސޯޓުތަކަށާއި ބްރާންޑްތަކަށް ވަނީ އެވޯޑް ހަވާލުކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...