ނިއުކާސަލްއާ ލިވާޕޫލް ކުޅުނު މެޗުން ލިވާޕޫލް މޮޅުވެއްޖެ

ލިވާޕޫލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރީމިއަރ ލީގުގައި ނިއުކާސަލް ޔުނައިޓެޑާ ލިވަރޕޫލު ބައްދަލު ކުރި މެޗު ލިވަރޕޫލް ކާމިޔާބުކޮށްފިއެވެ.

ލިވަޕޫލް ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 4-0ގެ ނަތީޖާއަކުންނެވެ. އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ޑޭޔާން ލޮވްރެން، މުހައްމަދު ސަލާހު އާއި ޒެރްޑަން ޝަގީރީ އިތުރުން ފަބީނިއޯއެވެ. މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ހަ ޕޮއިންޓުގެ ލީޑެއް ލިބުނަސް އަދި އުފާކުރެވެން ނެތް ކަމަށާއި އަދި ކުރިއަށް 19 މެޗު ކުޅެން އެބައޮތް ކަަމަށެވެ. އެހެންކަމުން އަބަދުވެސް ވިސްނަނީ ލިބިފައި އޮތް ލީޑަކަށް ވުރެ ބޮޑަށް ކުރިއަށް ކުޅެން ޖެހިފައި އޮތް މެޗުތަކާ ދޭތެރޭ ކަމަށްވެސް ކްލޮޕްވަނީ ބުނެފައެވެ. ކްލޮޕް އިތުރަށް ބުނީ ރަގަޅު ނަތީޖާއެއް ނަަމަވެސް ޓީމުގެ ކުޅުމާ މެދު އެހާ ހިތްހަމަ ނުޖެހޭ ކަމަށެވެ.

އެ މެޗުން ލިވަޕޫލް ހޯދި މޮޅާ އެކު އެ ޓީމުން ވަނީ މިއަހަރުގެ ލީގުގައި 26 މެޗުން މޮޅުވެފައެވެ. އެ މޮޅާއެކު ލިވަޕޫލުން ވަނީ ހަ ޕޮއިންޓާއެކު ލީޑުފުޅާކޮށް ލީގުގެ އެއް ވަނައިގައި ހަމަޖެހިލައިފައެވެ. ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީގެ މައްޗަށް ކުރި ހޯދި ޓޮޓެންހަމް ހޮޓްސްޕާއެވެ. އަދި ތާވަލްގެ ތިން ވަނައިގައި މެންޗެސްޓަރ ސިޓީ އޮތްއިރު ތާވަލްގެ އެންމެ ފުލުގައި އޮތީ ހަޑާޒް ފީލްޑް ޓައުންއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...