އިންޑޮނޭޝިއާއަށް އިތުރު ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރުދީފި

ކުރިއަށް އޮތް ދުވަސްތަކުގައި ގެއްލުން ބޮޑު އިތުރު ސުނާމީތަކެއް އިންޑޮނޭޝިއާއަށް އަރާފާނެކަމުގެ އިންޒާރު އެޤައުމުގެ ސަރުކާރުންދީފިއެވެ.

އިތުރު ސުނާމީއެއް އިންޑޮނޭޝިއާގެ އައްސޭރިފަށުގެ ރަށްތަކަށް އަރާފާނެ ކަމުގެ އިންޒާރު ދީފައި ވަނީ އަލިފާން ފަރުބަދަތައް ގޮވުމުގެ ނުރައްކާ އިތުރުވަމުން އަންނަ ކަމަށް، ކަމާ ބެހޭ އިދާރާތަކުން ބުނަމުން ގެންދާތީ ކަމަށް ބޭރުގެ މީޑޔާތަކުގައި ރިޕޯޓްކޮށްފައިވެއެވެ. އަދި ގެއްލުން ބޮޑު ސުނާމީތަކެއް އެރުމުގެ ފުރުސަތު އަދިވެސް އޮތުމުން އާންމުން އައްސޭރިފަށަށް ނުދިއުމަށް އިންޑޮނޭޝިއާ ސަރުކާރުން ގެންދަނީ އިލްތިމާސްކުރަމުންނެވެ. ކަކަޓާއޫ އަލިފާން ފަރުބަދަ ގޮވާ ކަނޑު އަޑިން ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އެ ޤައުމުގެ ސުންދާ ސްޓްރެއިޓް އައްސޭރިއަށް ހޮނިހިރު ދުވަހުގެ ރޭ އެރި ސުނާމީގައި މަރުވިމީހުންގެ އަދަދު 430 އަށް އަރާފައިވާ ކަމަށް ބޭރުގެ ނޫސްތަކުގައި ބުނެފައިވެއެވެ.

އެ ކާރިސާގެ ސަބަބުން ފަނަރަ ސަތޭކަ މީހުންނަށް ބޮޑެތި ޒަޚަމްތަކެއް ލިބިގައިވާކަމަށާއި އަދި ވީނުވީ ނޭނގި އޭގެ އިތުރުން ގެއްލިފައިވާ މީހުންގެ އަދަދު ބާވީސް ހާހަށް އަރާފައިވާ ކަމަށްވެސް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ހާލުގައި ޖެހުނު މީހުންނަށް އެހި ފޯރުވުމުގައާއި މީހުން ސަލާމަތް ކުރުމުގައި ހަތަރު ސަތޭކަ މުވައްޒަފުންނާ އެކު ދަރުމަވެރިންވެސް ހިމެނޭ ގޮތަށް މަސައްކަތް ކުރަމުން އަންނައިރު ވެހެމުންދާ ބޯ ވިއްސާރައިގެ ސަބަބުން އެހީތެރިކަން ފޯރުވުމުގައާއި މީހުން ސަލާމަތްކުރުމުގައި ދަތިތަކާ ކުރިމަތިވަމުންދާ ކަަމަށް އިންޑޮނޭޝިއާގެ ނޭޝަނަލް ޑިޒާސްޓަރ އޭޖެންސީއާ ހަވާލާދީ މީޑީޔާތަކުގައި ރިޕޯޓްކޮށްފައިވެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...