“ދަ ވެސްޓިން މޯލްޑިވްސް މިރިއަންދޫ”ރިސޯޓު ހުޅުވައިފި

ރިސޯޓުގެ އޭރިއަލް ވިއު. ފޮޓޯ: ހޮޓެލިއާ މޯލްޑިވްސް

ސިއްހަތަށް ބަލައިގެން އުޅޭ މީހުންނަށް ޚާއްސަކޮށް ޔުނެސްކޯ ބަޔޮސްފިޔާ ރިޒާވް، ބ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ "ދަ ވެސްޓިން މޯލްޑިވްސް މިރިއަންދޫ" ރިސޯޓު ހުޅުވައިފިއެވެ.

ތިމާވެއްޓާ ރައްޓެހި މާހައުލަކަށް ފަހިވާ ގޮތަށް، ރީތި ފަރުމާތަކާއެކު ހުޅުވި އެ ރިސޯޓުގައި މޫދު އަޑީގެ ހިތްގައިމުކަން ބަލައިގެން ޑިޒައިން ކޮށްފައިވާ ރިސޯޓުގައި 70 ވިލާ ހުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ 41 ބީޗް ވިލާ އާއި 29 ވޯޓާ ވިލާއެވެ. މަތިން ބަލާލާ އިރު، މަހެއްގެ ބައްޓަމަށް ފަރުމާކޮށްފައިވާ އެ ރިސޯޓު ހަދާފައި ވަނީ ފަރުގެ ނާޒުކުކަން ފުރިހަމައަށް ފެންނަ ގޮތަށެވެ. އެ ރިސޯޓުގެ ފަރުމާތަކަކީ މިލާންގެ މަޝްހޫރު، އަދި އެވޯޑު ވިނިން ފަރުމާކުރުންތެރިއެއް ކަމަށްވާ ޕީއީއައިއޭ އެސޯސިއޭޓްސްއިން ފަރުމާކޮށްފައިވާ ފަރުމާތަކެކެވެ.

އެ ރިސޯޓްގައި ތިން ރެސްޓޯރަންޓާއި، ސްޕާގެ އިތުރުން ޖިމް ހުރެ އެވެ. އަދި އައުޓްޑޯ ޕޫލާއި، ޖަކޫޒީގެ އިތުރުން ޓެނިސް، ވޮލީ ކޯޓަކާއި ބާސްކެޓް ކޯޓެއް ހުރެއެވެ. އަދި މޫދު ކުޅިވަރުތަކުގެ ތެރެއިން ސްނޯކްލިން އާއި ޑައިވިން އަދި މަސްބޭނުމާއި، ޕެރަސެއިލިން ފަދަ އެތައް ކަމެއް ތަޖުރިބާކޮށްލުމުގެ ފުރުޞަތު އެ ރިސޯޓުން ލިބިގެންދާނެކަމަށް އެ ރިސޯޓުން މައުލޫމާތުދެއެވެ. މިރިއަންދޫ ރިސޯޓަކީ ދަ ވެސްޓިން މޯލްޑިވްސްއިން ރާއްޖޭގައި ތަރައްގީ ކުރި ފުރަތަމަ ރިސޯޓު އަދި ހޮޓަލެކެވެ.

މިރިއަންދޫ ރިސޯޓު ތަރައްގީ ކޮށްފައިވަނީ ޖަޕާނުގެ ބެލޫނާ ކޯ ލިމިޓެޑާއި، ލަންކާގެ އޭޝިއާ ކެޕިޓަލްސް ކުންފުނިންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...