އަންދާޒް އަޕްނާގެ ސީކްއެލްގައި ރަންވީރު ސިންގް؟

"އަންދާޒް އަޕްނާ އަޕްނާ"އަކީ ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލުވެގެން ދިޔަ ފިލްމެކެވެ. ހެއްވާ މަޖާ އެފިލްމުގައި ތަރިންގެ ގޮތުގައި ފެނިގެން ގޮސްފައިވަނީ އާމިރު ޚާން އަދި ސަލްމާން ޚާން، ރަވީނާގެ އިތުރުން ކަރިޝްމާއެވެ.

ކޮމެޑީ ފިލްމުތަކަށް މާ ބޮޑު ސަމާލުކަމެއް އިންޑިއާގެ ސިނަމާތަކުން އޭރު ނުލިބުނު ނަމަވެސް އެފިލްމު ވެގެން ގޮސްފައިވަނީ މަޝްހޫރު ކަން ހޯދި ފިލްމަކަށެވެ. އެފިލްމުގައި އާމިރު އަދި ސަލްމާން ދައްކައި ދީފައިވާ ހުނަރުވެރި އެކްޓިންއަށް މިހާރުވެސް ގިނަ ބަޔަކު ތައުރީފު ކުރެއެވެ.

އެފިލްމުގެ ސީކުއެލްއެއް ހަދަން އެފިލްމު އުފެއްދި ފަރާތްތަކުން މަސައްކަތް ކުރަމުންދާ ވާހަކަ ދެކެވެމުންދާތާ ވަރަށް ގިނަ ދުވަސް ވެއްޖެއެވެ. ނަމަވެސް އެފިލްމުގައި އުޅޭނީ ކޮން ތަރިންނެއް ކަމެއް މިއަދާ ހަމަޔަށްވެސް ހަމަޖައްސާފައި ނުވެއެވެ.

ބައެއް ފަހަރު އެ ފިލްމުން ފެނިގެންދާނީ ސަލްމާން އަދި އާމިރު ކަމަށް ވެސް ބުނެފައިވެއެވެ. އޭގެ އިތުރުން އާ ތަރިންނަށް ފުރުސަތު ދޭ ވާހަކަވެސް ދެކެވިގެން ގޮސްފައިވެއެވެ. ދާދި ފަހުން ރަންވީރު ސިންގް ކުރި ޓްވީޓަކުން އެނގޭ ގޮތުގައި އެފިލްމުން ފެނިގެންދާނީ އޭނާ އެވެ.

ރަންވީރު ޓްވީޓާގައި ބުނެފައިވަނީ "އަންދާޒް އަޕްނާ އަޕްނާ" ގެ ދެވަނަ ބައި ފެނުން ގާތް ކަމަށެވެ. އެއާއެކު ރަންވީރުގެ ފޭނުންވަނީ އޭނާއަށް މަރުހަބާ ކިޔާފައެވެ. އަދި އެފިލްމުގެ ސީކްއެލްއެއް ހާދާނަމަ އެންމެ ގުޅޭނީ ވެސް އޭނާ އާއި ވަރުން އާއި ކަމަށްވެސް ގިނަ ބަޔަކު ބުނެފައިވެއެވެ. "އަންދާޒް އަޕްނާ އަޕްނާ"ގެ ސީކުއެލްއިން ފެނިދާނެ ކަމަށް ރަންވީރު ބުނެފައިވީ ނަމަވެސް އެ ފިލްމު އުފައްދާ ފަރާތްތަކުން މިއަދާ ހަމަޔަށް އެކަން ޔަގީން ކޮށްދީފައިނުވާ ކަން ފާހަގަކޮށްލެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...