މިކިތާރްޔަން 6 ހަފްތާއަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ

ހެންރިކް މިކިތާރްޔަން އަށް އަނިޔާވެ ދަނޑުމަތީގައި. ފޮޓޯ: ސަން

އާސެނަލްގެ މިޑްފީލްޑަރު ހެންރިކް މިކިތާރްޔަންގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ހަ ހަފްތާއަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

މިދިޔަ ބުދަ ދުވަހު ކަރަބޯއާ ކަޕުގައި ވާދަވެރި ޓޮޓެންހަމް އާ އާސެނަލް ބައްަދަލުކުރި މެޗުގައި ފުރަތަމަ ހާފުގެ ކުޅުމުގެ ތެރެއިން މިކިތާރްޔަން އަށް އަނިޔާވެ އެނާ ވަނީ ދަނޑުން ބާލަފައެވެ. އާސެނަލް އިން ބުނެފައި ވާ ގޮތުން، މިކިތާރްޔަންގެ ކަނާތު ފައިގެ މެޓަޓާސަލް ކަށިގަނޑެއް ވަނީ ރެނދުލާފައެވެ. އަދި އެ އަނިޔާއިން އޭނާ ރަނގަޅު ވާން ހަ ހަފްތާ ވަރު ނަގާނެ ކަމަށް އެ ކްލަބުން ވަނީ ބުނެފައެވެ. މި ސީޒަނުގައި މިކިތާރިޔަން ވަނީ މިހާތަނަށް ހަތަރު ގޯލު ޖަހައި ތިން އެސިސްޓު ފޯރުކޮށްދީފައެވެ. މިކިތާރްޔަން އަސް އަނިޔާވި މެޗުން އާސެނަލް ބަލިވީ 0-2ގެ ނަތީޖާއަކުންއެވެ.

މިކިތާރްޔަން ގެ އިތުރުން އާސެނަލްގެ ޑެނީ ވެލްބެކް އާއި ރޮބް ހޯލްޑިން ވެސް ތިބީ އަނިޔާގައެވެ. އެ ދެ ކުޅުންތެރިން މި ސީޒަން ނިމުމުގެ ކުރިން އަނިޔާއިން ސަލާމަތް ވާނެ ކަމަށް ނުބެލެވޭ. އަދި އާސެނަލްގެ އިތުބާރު ޑިފެންޑަރުން ޝްކޮޑްރާން މުސްތާފީ އާއި ހެކްޓާ ބެލެރިން ވެސް ތިބީ އަނިޔާގައިކަން ފާހަގަކޮށްލެވެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...