މަޖިލިސް އިންތިހާބަށް ފޯކަލް ޕޮއިންޓުން ހޯދަނީ

މަޖިލިސް އިންތިހާބަށް ފޯކަލް ޕޮއިންޓުން ހޯދަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފޯކަލް ޕޮއިންޓުން ހޯދުމަށް އިލެކްޝަން ކޮމިޝަނުން އިއުލާނުކޮށްފިއެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވީ އަންނަ އަހަރު އޭޕްރިލް މަހުގެ 6ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބަށް ސަތޭކަ ހަތްދިހަ ނުވަ ރަށު ފޯކަލް ޕޮއިންޓުނާއި،އަށާރަ އަތޮޅު ފޯކަލް ޕޮއިންޓުންނާއި، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށް ދެ ފޯކަލް ޕޮއިންޓުން ބޭނުންވާކަމަށެވެ.

ފޯކަލް ޕޮއިންޓުން ހޮވުމުގައި ބަލާ ޝަރުތުތަކުގެ ތެރޭގައި ރަށު ކައުންސިލް އިދާރާގެ ނުވަތަ އަތޮޅު ނުވަތަ ސިޓީ ކައުންސިލް އިދާރާއެއްގައި އިސްކޮށް މަސައްކަތްކުރާ ފަރާތެއް ކަމުގައިވުމާއި އެއްވެސް ސިޔާސީ ޕާޓީއެއްގެ އިންތިޚާބީ މަޤާމެއް ނުވަތަ ޕާޓީގެ ފަރާތުން އައްޔަންކޮށްފައިވާ މަޤާމެއް ފުރާ މީހެއް ކަމުގައި ނުވުން ހިމެނެއެވެ.

އަދި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ޙަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުމާއި އިންތިޚާބަށް ކުރިމަތިލާ އެއްވެސް ކެންޑިޑޭޓެއްގެ ގާތް ޢާއިލީ މެންބަރަކު ކަމުގައި ނުވުން އަދި އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓެއް ނުވަތަ ކެންޑިޑޭޓެއްގެ އިންތިޚާބީ އެޖެންޓެއްކަމުގައި ނުވުން ހިމެނެއެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވީ ފޯކަލް ޕޮއިންޓުގެ ގޮތުގައި އައްޔަން ކުރެވޭ ފަރާތްތަކަށް މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ދުއިސައްތަ ރުފިޔާ ދެވޭނެ ކަމަށާއި ކަނޑައެޅިފައިވާ އުޞޫލުން ފޯކަލް ޕޮއިންޓުންނަށް ފޯނު އެލަވަންސުގެ ގޮތުގައި މަހަކު ސަތޭކަ ފަންސާސް ރުފިޔާ ދެވޭނެ ކަމަށެވެ.

ފޯކަލް ޕޮއިންޓްގެ މަސައްކަތަކީ އިންތިޚާބުގެ ކަންތައްތަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނާއި، ސިޓީތަކާއި އަތޮޅުތަކުގެ އިތުރުން ރަށު ކައުންސިލްގެ އިދާރާއާއި ދެމެދު ހިންގާ ހުރިހާ މުޢާމަލާތްތައް ހިންގުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރުމެވެ. އަދި އިންތިޚާބާއި ގުޅޭގޮތުން އިލެކްޝަން ކޮމިޝަނާއި ސިޓީތަކާއި އަތޮޅުތަކުގެ އިތުރުން ރަށު ކައުންސިލްގެ އިދާރާއާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އިންތިޒާމުކުރުމާއި ހިންގައި ބަލަހައްޓަން ޖެހޭނީ ވެސް އެފަރާތަކުންނެވެ. އަދި ރައްޔިތުންގެ މަޖިލީސް އިންތިޚާބް 2019 ގައި އަތޮޅު، ސިޓީ އަދި ރަށުގައި ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުމާއި، އިލެކްޝަންސް ކޮމިޝަނުން ހިންގާ ޕްރޮގްރާމްތައް ހިންގުމާއި، މިކަންކަމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން އިލެކްޝަންސް ކޮމިޝަންގެ އިރުޝާދާ އެއްގޮތްވާ ގޮތުގެމަތިން ކުރުމަކީ ވެސް ފޯކަލް ޕޮއިންޓުންގެ މަސްއޫލިއްޔަތެކެވެ.

އެ މަގާމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ އަހަރު ޖެނުއަރީ މަހުގެ 3 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 3ގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ވާނެޖޭހ ތައްޔާރީތަށް އިލެކްޝަނުންވަމުން އަންނަ އިރު މިހާރު އެކޮމިޝަނުން ދަނީ ވޯޓާސް ލިސްޓް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ސިޔާސީ ޕާޓީތަކުން އިންތިހާބުގެ ޕްރައިމަރީއަށް ތައްޔާރުވަމުން އަންނައިރު އިދިކޮޅު ޕީޕީއެމްއިން މިހާރުވަނީ 54 ދާއިރާއެއްގެ ޓިކެޓް ކަށަވަރުކޮށްދީފައެވެ. އަދި ބާކީ ހުރި ދާއިރާތަކުގެ ޕްރައިމަރީ ބާއްވާނެ ކަމަށް އެޕާޓީއިންވަނީ މައުލޫމާތު ދީފައެވެ.

މަޖިލިސް އިންތިހާބުގެ ދާއިރާތަށް ޕާޓީތަކުގެ މެދުގައި ބަހާނެ ގޮތެއް ނުނިމި ސަރުކާރު ކޯލިޝަނުން މިހާރުވަނީ ޕާޓީތަށް ވަކިވަކިން އިންތިހާބުގައި ވާދަކުރުމަށް ނިންމާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...