އެވަޓަން ބަލިކޮށް ޓޮޓެންހަމް ލީގު ތާވަލުގެ ތިންވަނައަށް ޖެހިލައިފި

ރޭގެ މެޗުން ތަފާތު ބޮޑު ނަތީޖާއަކުން އެވަޓަން ބަލިކޮށް ޓޮޓެންހަމް ލީގު ތާވަލުގެ ތިން ވަނައަށް ޖެހިލައިފިއެވެ.

ޕްރިމިއަރ ލީގުގައި ރޭ އެވަޓަން އާއި ޓޮޓެންހަމް ބައްދަލުކުރި މެޗުން އެވަޓަންގެ މައްޗަށް ޓޮޓެންހަމުން ކުރި ހޯދާފައިވަނީ ހައެއް ދޭއްގެ ނަތީޖާއިންނެވެ.

ރޭގެ މެޗުގެ ކުރީކޮޅުގައި އެވަޓަންގެ ފަރާތުން ރަނގަޅު ކުޅުމެއް ވަނީ ފެނިފައެވެ. އެގޮތުން އެ ޓީމުން ވަނީ މެޗުގެ 21ވަނަ މިނެޓުގައި ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑު ނަގާފައެވެ. އެ ލަނޑު އެވަޓަންއަށް ކާމިޔާބުކޮށްދިނީ ތިއޯ ވޮލްކޮޓް އެވެ. ނަމަވެސް ޓޮޓެންހަމުން ވަނީ އެ ޓިމުގެ ކުޅުން ރަނގަޅުކޮށް މެޗުގެ 27 ވަނަ މިނެޓުގައި ލަނޑު ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. ޓޮޓެންހަމްގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސޮން ހުންގމިން އެވެ.

މެޗުގެ 35 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ޑެލެ އަލީ ވަނީ ލަނޑު ޖަހައި އެ ޓިމުގެ ލީޑު ފުޅާކޮށްދީފައެވެ. ރޭގެ މެޗުގައި ޓޮޓެންހަމުން ތަފާތު ކުޅުމެއް ދައްކާފައިވާއިރު އެ ޓީމުން ވަނީ ލީގުގައި ކުޅުނު މެޗު ތަކުގެ ތެރެއިން 11 މެޗުން މޮޅުވެފައެވެ.

ރޭގެ މެޗުން ލިބުނު ކާމިޔާބީއާއިއެކު ލީގު ތާވަލުގެ ތިންވަނައަށް ޓޮޓެންހަމް އަރާފައިވަނީ 42 ޕޮއިންޓާއެކުގައެވެ. 48 ޕޮއިންޓާއެކު ލީގު ތާަލުގެ އެއްވަނައިގައި އޮތީ ލިވަރޕޫލް އެވެ. އަދި ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް ލިބިފައިވަނީ 44 ޕޮއިންޓެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...