އިންޑިއަން އައިޑޮލް10: މިފަހަރުގެ ސީޒަން ކާމިޔާބު ކުރީ ސަލްމާން އަލީ

އިންޑިއަން އައިޑޮލް ސީޒަން 10ގެ ފިނާލޭ މިރޭ ބާއްވާފައިވާއިރު މިފަހަރުގެ ސީޒަން ކާމިޔާބް ކޮށްފައިވަނީ ސަލްމާން އަލީއެވެ. މުޅި ޝޯގައިވެސް ފުރިހަމަ ހުނަރެއް ދެއްކި ސަލްމާން ޝޯ ކާމިޔާބް ކޮށްފައިވަނީ އެ ޝޯގެ ފައިނަލަށް ދިޔަ ނިލާންޖްނާ، ނިތިން، އަންކުޝް އަދި ވިބޯރް އާއި ވާދަކޮށްގެންނެވެ.

މިފަހަރުގެ ސީޒަނުގެ ފައިނަލްގައި އެކަނިވެސް 2ކްރޯޑްއަށްވުރެ ގިނަ ވޯޓް ލިބިފައިވާއިރު އޭގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބިފައިވަނީ ސަލްމާން އަލީއަށެވެ. އޭނަ ޝޯ ކާމިޔާބް ކުރުމާއެކު އޭނާއަށްވަނީ ޓްރޮފީއާއެކު 25ލައްކަ ރުޕީސް އާއި ކާރެއްވެސް ލިބިފައެވެ. މިފަހަރުގެ ސީޒަނުގައި ދެވަނަ އަށް ގޮސްފައިވަނީ މުޅި ސީޒަނުގައިވެސް ރީތި ލަވަތަކެއް ހުށަހަޅައިދިން އަންކުޝް ބާރުދްވާޖްއަށެވެ. އޭނާއަށް ފަސްލައްކަ ރުފީސް ލިބފައިވާއިރު ތިންވަނަ އަށް ދިޔަ ނިލާންޖްނާ ރޭ އަށްވެސް ވަނީ ފަސްލައްކަ ރުޕީސް ލިބިފައެވެ.

ފައިނަލަށް ދިޔަ ނިތިން އަދި ވިބޯރް އަށްވެސް ވަނީ ކޮންމެ މީހަކަށް ތިންލައްކަ ރުފީސް ލިބިފައެވެ.އޭގެ އިތުރުންވެސް ގިނަ ހަދިޔާތަކެއް އެ ފަސްބައިވެރިންނަށްވެސް ލިބިފައިވާއިރު މިފަހަރުގެ ސީޒަން ކާމިޔާބްކުރި ސަލްމާންއަށް ވަނީ ލަވަކިއުމަށް ތަފާތު ޕްރޮޖެކްޓައްވެސް ލިބިފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...