އިންޑޮނޭޝިއާއަށް އެރި ސުނަމީގައި 168 މީހުން މަރުވެއްޖެ


އިންޑޮނޭޝިއާއަށް އެރި ސުނަމީގައި މަރުވި މީހުންގެ އަދަދު 168އަށް އަރައިފިއެވެ

އިންޑޮނޭޝިއާގެ ފަރުބަދައެއް ގޮވުމުގެ ސަބަބުން އެ ޤައުމުގެ ސުންދާ ސްޓްރެއިޓް އައްސޭރިއަށް އެރި ސުނާމީގައި 168 މީހުން މަރުވެފައިވާއިރު 745 މީހުން ޒަހަމްވެފައިވާކަމަށް އެ ޤައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުންވަނީ ބުނެފައެވެ. އަދި އިތުރު 30 މީހަކު ސުނާމީގައި ގެއްލިފައިވާކަމަށްވެސް އެ އޭޖެންސީއިން ވަނީ ބުނެފައެވެ.

ރޭ އިރަކޮޅު އެރި އެ ސުނާމީގައި ސުންދާ ސްޓްރެއިޓް އައްސޭރީގެ އެތައް ގެއަކަށް ގެއްލުން ލިބިފައިވާއިރު އެ ސުނާމީ އުފެދުނީ ކައިރި ރަށެއްގައި ހުރި ކްރަކަޓައު ފަރުބަދަ ގޮވުމުންކަމަށް ބެލެވޭކަމަށްވެސް ޑިޒާސްޓަރ މެނޭޖްމަންޓް އޭޖެންސީއިން ވަނީ ބުނެފައެވެ.


އެ އޭޖެންސީއިން ހާމަކުރާގޮތުގައި ސުނާމީގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ވެފައިވަނީ ޖާވާގެ ބަންތެން ޕްރޮވިންސަށެވެ. ސުނާމީއާއި ގުޅިގެން އިންޑޮނޭޝިއާގެ ސަރުކާރުން ވަނީ ސުންދާ ސްތްރެއިޓް އައްސޭރިގައި ދިރިއުޅޭ ރައްޔިތުންނަށާއި ޒިޔާރަތްކުރާ ފަތުރުވެރިންނަށް ގޮނޑުދޮށަށް ނުދިއުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ޑިސެމްބަރު 25 އާއި ހަމައަށް އެ ހިސާބުގެ ކަނޑުތައް ގަދަވާނެ ކަމަށްވެސް އެ ޤައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.

އިންޑޮނޭޝިއާއަށް އެރި ސުނާމީގައި 168 މީހަކު މަރުވެފައިވާކަމަށް ރިޕޯޓްކޮށްފައިވީ ނަމަވެސް އެ އަދަދު އިތުރު ވުމަކީ އެކަށިގެންވާކަމެއްކަމަށް އެ ޤައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓް އޭޖެންސީއިން ވަނީ ބުނެފައި.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...