މިއަހަރުގެ އެންމެ ކާމިޔާބު ކުންފުންޏަކަށް އެލައިޑް

ފޮޓޯ: ވަން އޮންލައިން

މޯލްޑިވްސް ބިޒްނަސް އެވޯޑްއިން ދޭ އެންމެ ކާމިޔާބު ކުންފުނީގެ އެވޯޑް އެލައިންޑް އިންޝުއަރެންސަށް ލިބިއްޖެއެވެ.

ބްލޭޒަން ޕްރައިވެޓް ލިމިޓެޑުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ އެ އެވޯޑް ހަފްލާގައި އެލައިޑަށް ވަނީ މުޅި ޖުމްލަ 3 އެވޯޑް ލިބިފައެެވެ. އެއީ އެންމެ ކާމިޔާބު ކުންފުނީގެ އިތުރުން އިނޮވޭޓިވް ބިޒްނަސް އޮފް ދަ އިޔަރ އާއި އެކްސެލެންސީ އިން ފިނޭންސްގެ އެވޯޑް އެވެ.

އެލައިޑުން ހާމަކުރާގޮތުގައި އެ ކުންފުންޏަށް އެންމެ ކާމިޔާބު ކުންފުނީގެ އެވޯޑް ލިބިފައިވަނީ 2015ވަނަ އަހަރުން ފެށިގެން 2017ވަނަ އަހަރުގެ ނިޔަލަށް ވިޔަފާރީގެ ރޮގުން އެ ކުންފުނިން ހޯދާފައިވާ ކުރިއެރުންތަކާއި، ތަޢާރަފުކޮށްފައިވާ އައު ޚިދުމަތްތަކުގެ ސަބަބުންކަމަށެވެ. އަދި އެ ކުންފުނީގެ ކޯޕަރޭޓް ގަވަރނެންސްގެ ސިޔާސަތުގެ ސަބަބުންކަމަށްވެސް އެލައިޑުން ވަނީ ބުނެފައެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑުގެ ޖަޖުންގެ ޕެނަލުން ހާމަކުރާގޮތުގައި އެލައިޑަކީ އީޖާދީ ކަންކަން ތަޢާރަފުކޮށް ކަސްޓަމަރުންގެ ބޭނުންތަކަށް އެވަގުތަކު އެންމެ އެކަށީގެންވާ ހައްލު ހޯދުމަށް މަސައްކަތް ކުރާ ކުންފުންޏެކެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑްސްއަކީ ކުންފުނިތަކުން ގައުމުގެ ތަރައްގީއަށާއި އިގްތިސާދު ކުރިއެރުވުމަށް ކުރާ މަސައްކަތްތައް އަގުވަޒަންކޮށް އެކަމަށް އިތުރަށް ބާރުދޭ ޕްލެޓްފޯމެއް އުފެއްދުމުގެ މަގުސަދުގައި ބްލޭޒަނުން ދޭ އެވޯޑެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...