ކްލަބް ވޯލްޑްކަޕް މިއަހަރުވެސް ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފި

ފޮޓޯ: ރޮއިޓަރސް

ކްލަބް ވޯލްޑްކަޕްގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ރެއާލް މެޑްރިޑް ކާމިޔާބުކޮށްފިއެވެ. 

ރެއާލް މެޑްރިޑް ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަން ކަން ކާމިޔާބުކޮށްފައިވަނީ ފައިނަލުގައި އަރަބް އެމިރޭޓްސްގެ އަލް އައިންއާއި ބައްދަލުކޮށް 4-1ގެ ނަތީޖާއިންނެވެ. ރެއާލްއިން ކްލަބް ވޯލްޑްކަޕް ޖެހިޖެހިގެން ތިންފަހަރު ހޯދާފައިވާއިރު މިއީ ރެއާލުން އެ ތަށި ހޯދި ޖުމްލަ ހަތަރު ވަނަ ފަހަރު ކަންވެސް ފާހަގަކޮށްލެވެއެވެ.

ރޭ ކުޅުނު ފައިނަލް މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖެހުމުގެ ފުރުސަތު އަލްއައިނަށް ލިބުނު ނަމަވެސް ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް ވަނީ އެ ލަނޑު ދިފާއުކޮށްފައެވެ. އެއަށްފަހު މެޗުގެ 14 ވަނަ މިނެޓުގައި އަލްއައިންގެ ޕެނަލްޓީ އޭރިއާއިން ބޭރުގައި ހުރެގެން ކަރިމް ބެންޒެމާ ދިން ޕާހަކުން ރެއާލްއަށް އެ ކްލަބުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ލުކަ މޮޑްރިޗް އެވެ.

މޮޑްރިޗްގެ އެ ލަނޑަށްފަހު މެޗުގެ 60ވަނަ މިނެޓުގައި މާކޯސް ޔޮރެންޓޭ ވަނީ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ. މެޗުގެ 78ވަނަ މިނެޓުގައި ސާޖިއޯ ރާމޯސް ރެއާލްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައިވާ އިރު އެ ކްލަބުގެ ހަތަރު ވަނަ ލަނޑަކީ އަލްއައިންގެ ޔަހްޔާ ނަދެރު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އަލް އައިން އަށް އެ ކްލަބުގެ ހަމަ އެކަނި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 86ވަނަ މިނެޓުގައި ޖަޕާނުގެ ކުޅުންތެރިޔާ ޝިއޮޓަނީ އެވެ.

މިއަހަރުގެ ކްލަބް ވޯލްޑްކަޕްގެ އެންެ މޯޅު ކުޅުންތެރިއާގެ މަޤާމު ހޯދާފައިވަނީ ކަށިމާ އެންޓްލާސްއާއި ބައްދަލު ކުރި މެޗުން ހެޓްރިކް ހެދި ރެއާލް މެޑްރިޑްގެ ކުޅުންތެރިއާ ގެރެތު ބޭލް


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...