ވޮލްވްސް ބަލިކޮށް ލިވަރޕޫލު ޕްރިމިއަރ ލީގުގެ ތާވާލުގެ އެއްވަނައަށް އަރައިފި

މޮޅު ކުޅުމެއް ދައްކައިގެން ވޮލްވްސް ބަލިކޮށް ލިވަރޕޫލު ޕްރިމިއަރ ލީގުގެ ތާވާލުގެ އެއްވަނައަށް އަރައިފިއެވެ. 

ޕްރިމިއަރ ލީގުގައި ރޭ ވޮލްވެސްއާއި ލިވަރޕޫލު ބައްދަލުކުރި މެޗުން ލިވަރޕޫލް މޮޅުވެފައިވަނީ 2-0ގެ ނަތީޖާއިންނެވެ. އެ މެޗަށްފަހު މިހާތަނަށް ޕްރިމިއަރ ލީގުގައި ލިވަޕޫލުން ކުޅުނު މެޗުތަކުގެ ތެރެއިން 15 މެޗުން އެ ޓީމު ވަނީ މޮޅުވެފައެވެ. އަދި އިތުރު ތިން މެޗަކުން އެ ޓީމު ވަނީ އެއްވަރުވެފައެވެ.

ޕްރިމިއަރ ލީގުގައި މިހާތަނަށް ލިވަރޕޫލުން ކުޅުނު މެޗުތަކުން ރަނގަޅު ކާމިޔާބީއެއް ހޯދުމާއި ގުޅިގެން ލީގު ތާވަލުގެއް އެއްވަނައަށް އެ ޓީމު އަރާފައިވަނީ މުޅި ޖުމްލަ 48 ޕޮއިންޓާއެކުގައެވެ.

ރޭގެ މެޗުގައި ލިވަރޕޫލަށް އެ ޓީމުގެ އެންމެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ 18ވަނަ މިނެޓުގައި މުހައްމަދު ސަލާހު އެވެ. ސަލާހު ކާމިޔާބު ކުރި އެގޯލަށްފަހު ފުރަތަމަ ހާފު ނިމުނު އިރުވެސް ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައި ނުވެއެވެ. ނަމަވެސް މެޗުގެ 68ވަނަ މިނެޓުގައި ލިވަރޕޫލުގެ ވަރގިލް ވަނީ އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ.

ރޭގެ މެޗަށްފަހު އެތައް ބަޔަކު ވަނީ ލިވަޕޫލްގެ ކުޅުންތެރިޔާ މުހައްމަދު ސަލާހަށް ތައުރީފުކޮށްފައެވެ. އެގޮތުން ރޭގެ މެޗުގައި ފެނިގެންދިޔައީ އޭނާގެ އެންމެ މޮޅު ކުޅުންކަމަށް ފުޓުބޯޅައިގެ ތަޖުރިބާކާރުން ބުނެފައިވެއެވެ. ލިވަރޕޫލުގެ މެނޭޖަރ ޖަރގަން ކްލޮޕް ބުނީ ރޭގެ މެޗުގައި އެޓޫމުން ދައްކައިދިނީ އެންމެ ފުރިހަމަ ފުޓްބޯޅަކަމަށެވެ.

ރޭގެ މެޗަށްފަހު ލިވަރޕޫލު ތާވަލުގެ އެއްވަނައިގައި އޮތްނަމަވެސް 44 ޕޮއިންޓާއެކު ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީއާއި ކްރިސްޓަލް ޕެލަސް ބައްދަލު ކުރާ މެޗުން ސިޓީ މޮޅުވެއްނަމަ ތާވަލުގެ އެއްވަނައަށް ސިޓީ އަރާނެ އެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...