ޚަޝޯގީގެ މަރަށް ފަހު ސައުދިއަރަބިއާގެ ޖާސޫސީ އިދާރާގެ މަސައްކަތްތައްކަށް ބަދަލު ގެނެސްފި

ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރަށްފަހު ސައުދިއަރަބިއާގެ ޖާސޫސީ އިދާރާގެ މަސައްކަތްތަކަށް ބަދަލުތަކެއް ގެނެސްފިއެވެ. 

ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ސައުދީއިން އެ ޤައުމުގެ ޖާސުސީ އިދާރާތަކުގެ މަސައްކަތްތައް ބެލުމަށް ސަރުކާރުގެ އިދާރާތަކާއި ހަވާލުކުރަމަށް ވަނީ ނިންމާފައި. ސައުދީއިން އެ ނިންމުން ނިންމީ ތުރުކީގައި ހުންނަ ސައުދީގެ ކޮންސިއުލޭޓުގެ ތެރޭގައި ޚަޝޯގައި މަރާލުމާއި ގުޅިގެން ކަމަށްވެސް އެމީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ޚަޝޯގީ މަރާލާފައި ވަނީ ސައުދީގެ ޖާސޫސީ އިދާރާގެ ކުރީގެ އިސްވެރިޔާއާއި ޝާހީ ކޯޓުގެ ކުރީގެ އިސް އެޑްވައިޒަރުކަމަށް ސައުދީއިންވެސް ވަނީ މިހާރު އެއްބަސްވެފައެވެ. އަދި އެކަމުގެ ސަބަބުން ސައުދީގެ ރަސްގެފާނު ސަލްމާން ވަނީ ޖާސޫސީ އިދާރާގެ މަސައްކަތްތައް ބަދަލުކުރުމަށް އަމުރުކޮށްފައެވެ. އަދި އެ އިދާރާގެ ކަންތައްތައް ބެލެހެއްޓުމަށް ތިން ޑިޕާޓްމެންޓެއް އުފައްދަން ސައުދީއިން ވަނީ އެއްބަސްވެފައެވެ.

އެ ތިން ޑިޕާޓުމެންޓުން ބަލާނީ ޖާސުސީ އިދާރާގެ މަސައްކަތްތައް ކުރިއަށްދަނީ އެ ޤައުމުގެ ނޭޝަނަލް ސެކިއުރިޓީ ޕޮލިސީއާއި ބައިނަލްޤްވާމީ އިންސާނީ ޙައްޤުތަކާއި ބެހޭ ޤާނޫނުތަކާއި އެއްގޮތައްތޯ ކަމަށް ސައުދީއިން ވަނީ ބުނެފައެވެ.

ސައުދީއިން ތިން ޑިޕާޓްމެންޓެއް އުފައްދައި ބަދަލުތަކެއް ގެންނާނެކަމަށް ބުނި ނަމަވެސް އެއީ ޚަޝޯގީގެ މަރާއި ގުޅިގެން ގެންނަ ބަދަލުތަކެއްކަމަށް ބުނެފައި ނުވެއެވެ.

އެކަމާއި ގުޅިގެން ޚަޝޯގީގެ މައްސަލަ ދިރާސާ ކުރާ ބައެއް ފަރާތްތަކުން ބުނެފައިވަނީ ސައުދީއިން އެ ނިންމުން ނިންމާފައިވަނީ ޚަޝޯގީގެ މަރުގެ މައްސަލާގައި އެ ޤައުމުގެ ވަލީއަހުދުގެ އަތެއް ވާކަމަށް މީހުން ބުނަމުން ގެންދާ ބުނުން ބަދަލުކުރުމުގެ ބޭނުމުގައި ކަމަށެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...