ދިރާގު ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިން އުމްރާއަށް ފުރައިފި

މިއަހަރުގެ ރޯދަމަހު ދިރާގުން ކުރިއަށްގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިން އުމްރާއަށް ފުރައިފި. 

ދިރާގުން ރޯދަމަހަށް ހާއްސަކޮށްގެން ތަފާތު ޕްރޮމޯޝަންތަކެއް ކުރިއަށްގެން ދިޔައިރު އެންމެ ފާހަގަކޮށްލެވުނު އެއް ޕްރޮމޯޝަނަކީ ދިރާގު ކަސްޓަމަރުންނަށް ހަދިޔާ ކުރި އުމްރާ ދަތުރު ޕްރޮމޯޝަނެވެ. އެ ޕްރޮމޯޝަނުގެ ދަށުން ރޯދަ މަހުގެ ކޮންމެ ހަފުތާއެއްގައި ދިރާގުގެ ހުރިހާ ކަސްޓަމަރުންގެ ތެރެއިން ހޮވާލެވޭ ނަސީބުވެރި ކަސްޓަމަރަކަށް ހުރިހާ ހަރަދުތަކާއެކު 2 ބޭފުޅުންގެ އުމްރާ ދަތުރެއް ލިބެއެވެ.

އެ ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވައި ދައުލަތުގެ މީޑައާގެ ޝޯއެއްގައި ދިރާގުން ވަނީ އެކަން އާއްމުންނަށް އިއުލާނުކޮށްފައެވެ. އަދި އެ ނަސީބުވެރިން އިއްޔެ އުމްރާއަށް ފުރާފައިވާ ކަމަށް ދިރާގުން މަޢުލޫމާތުދެއެވެ.

ދިރާގުން ހާމަކުރާ ގޮތުގައި އެ ކުންފުނި އަބަދުވެސް މަސައްކަތް ކުރަނީ ކޮންމެ މޫސުމަކާއި ގުޅޭ އަގުހުރި ޕްރޮމޯޝަންތައް އެ ކުންފުނީގެ ކަސްޓަމަރުންނަށް ފޯރުކޮށްދިިނުންކަމަށެވެ. އަދި ކޮންމެ ރޯދަ މަހެއްގައި ވެސް އެފަދަ އަގުހުރި ޕްރޮމޯޝަންތައް ކުރިއަށްގެންދާނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...