ދާނިޝް ޒަހެންގެ މަރު، ގިނަ ބަޔަކަށް އިބުރަތެއް!

ދާނިޝް ޒަހެން އަކީ އިންޑިއާގައި މަޝްހޫރު ޔޫޓިއުބަރ އެކެވެ. އޭނާ ޔޫޓިއުބަށް ލާ ވީޑިއޯތަކާއި އޭނާގެ ލުކުސް އިން ގިނަ ބައެއްގެ މަގުބޫލުކަން އޭނާ ވަނީ ހޯދާފައެވެ. ހަށިގަނޑު ފިޓްކޮށް ބެހެއްޓުމަށް ބުރަކޮށް މަސައްކަތް ކުރި ދާނިޝް އެންމެންގެ ތެރެއަށް މަޝްހޫރު ވެގެންދިޔައީ އިންޑިއާގެ އެންޓަރޓައިންމެންޓް ޗެނަލްއެއް ކަމަށްވާ އެމްޓީވީއިން ގެނެސްދޭ "އޭސް އޮފް ސްޕޭސް" އިންނެވެ.


ކޮންމެވެސް ސަބަބަކާއި ހެދި އެ ޝޯއިން އޭނާ ވަނީ ފާއިތުވި ހަފްތާގައި ނިކުމެގެންގޮސްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ޝޯއިން ނިކުތީ އާއިލީ މައްސަލައެއްގެ ހައްލު ކުރުމަށެވެ. ބައެއް ނޫސްތަކުގައި ބުނެފައިވަނީ އޭނާ ޝޯ ދޫކޮށްލީ ގާތްމީހެއްގެ ކައިވެންޏަށް ދިއުމަށްޓަކައި ކަމަށެވެ. ނަމަވެސް އެ ޝޯއަށް ވައިލްޑް ކާޑެއްގެ ގޮތުގައި އޭނާ ގެންދިއުމަށް ޝޯގެ ހޯސްޓް ވިކާސް ގުޕްތާ ވަނީ ނިންމާފައެވެ.

View this post on Instagram

We are most alive when we're in love.

A post shared by Danish Zehen ♠️ (@danish_zehen) on

ދާނިޝް މަރުވެފައިވަނީ އޭނާ ގާތްމީހެއްގެ ކައިވެނި ހަފްލާގައި ބައިވެރިވުމަށްފަހު އަނބުރާ އައި މަގުމަތީގައި އޭނާގެ ކާރު އެކްސިޑެންޓްވެގެންނެވެ. އެ އެކްސިޑެންޓްގެ ސަބަބުން ކާރު އެއްކޮށް ހާލުވެފައިވާއިރު އެކްސިޑެންޓް ހިނގިއިރު ކާރު ގައި ދާނިޝްއާއެކު ތިން މީހުންތިބި ކަމަށް އިންޑިއާގެ ނޫސްތަކުގައިވެއެވެ. 

އެކްސިޑެންޓްގައި ދާނިޝް މަރުވި އިރު ދެން ތިބި ތިން މީހުންގެ ހާލު ސީރިއަސްކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި ކާރު އެކްސިޑެންޓް ވުމާއި އެކު ދާނިޝްމެން ކާރުން ފޭބި ކަމަށްވެސް ނޫސްތަކުގައިވެއެވެ. ދާނިޝް މަރުވާން ދިމާވީ ކާރުން ފައިބައިގެން ކާރާއި މާދުރު ނޫން ހިސާބެއްގައި އިޝީދެގެން އިންދާ ކާރު ފުރޮޅައިލައިގެން އައިސް އޭނާގެ ގައިމައްޗަށް ވެއްޓުމުގެ ސަބަބުން ކަމަށްވެސް ނޫސްތަކުގައިވޭ. ކާރު އެކްސިޑެންޓްވީ ފަހަތުން އައި ޓްރަކެއް އޭގައި ޖެހިގެން ކަަމަށްވެސް ބައެއް ނޫސްތަކުގައިވެއެވެ.

އޭނާގެ މަރާއި އެކު އިންޑިއާގެ ޔޫޓިބަރުންނާއި ޓީވީ އިންޑަސްޓްރީގެ ބައެއް ތަރިންގެ އިތުރުން އޭނާގެ ގިނަ އަދަދެއްގެ ފޭނުން ދަނީ އާއިލާގެ ހިތާމައިގައި ބައިވެރިވާކަން ހާމަކޮށް ހަމްދަރުދީ ފޮނުވަމުންނެވެ. އޭނާ މަރުވުމާއި އެކު އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް ފޮލޯކުރާ މީހުންގެ އަދަދު އިތުރުވެފައިވާއިރު މިހާރު 1.2 މިލިއަން މީހުން އަންނަނީ އިސްޓަގްރާމުންވެސް ފޮލޯކުރަމުންނެވެ. އަދި އޭގެ ތެރެއިން ގިނަ މީހުން ވަނީ އޭނާގެ އާއިލާއަށް ލިބުނު ހިތާމައިގައި ބައިވެރިވާ ކަން ހާމަކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...