ގޯލްމާާލް ސީކްއެލްގެ ފަސްވަނަ ފިލްމެއް ހަދަނީ


ގޯލްމާލް ސީކްއެލްގެ ފިލްމުތަކަކީ ވަރަށް ކާމިޔާބް ފިލްމުތަކެކެވެ. ރޯހިތު ޝެއްޓީގެ ބެލުމުގެ ދަށުން ގެނެސްދޭ އެ ފިލްމުތަކުގައި މިހާ ހިސާބަށް ހަތަރު ފިލްމެއް ވަނީ ގެނެސްދީފައެވެ. އެ ހަތަރު ފިލްމަކީވެސް ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލް ފިލްމުތަކެވެ.

ގޯލްމާލްގެ ފަސްވަނަ ފިލްމެއް އުފައްދަން މަސައްކަތްކުރަންތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ރޯހިތު ބުނެފައިވަނީ، މިމަހުގެ 28 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ "ސިމްބާ"ގެ "އާންކްމާރޭ" ލަވައިގައި ގޯލްމާލް ސީރީޒްގެ ތަރިން ފެނިގެން ދިޔައީ އެއީ އެފިލްމުގެ މަސައްކަތް ކުރާތީ ކަމަށެވެ. އަދި މާގިނަ ދުވަސްތަކެއް ނުވެ އެފިލްމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެސް ރޯހިތު ބުނެފައިވެއެވެ. އޭނާ ބުނެފައިވަނީ ގޯލްމާލްގެ ފަސްވަނަ ފިލްމުގައިވެސް ކުރީގެ ފިލްމުތަކުން ފެނިގެންދިޔަ ތަރިން ގެންނާނެކަމަށެވެ.

ގޯލްމާލްގެ ފަސްވަނަ ފޮލްމެއް އުފައްދަން ނިންމާފައިވާކަމަށް ރޯހިތު ބުނި ނަމަވެސް އެފިލްމުގެ ޝޫޓިން ފަށާނެ ދުވަހެއް އަދި ފިލްމު ބެލުންތެރިންނާއި ހަމަޔަށް ގެނެސްދެވޭނެ ދުވަހެއް ވެސް އޭނާ ބުނެފައި ނުވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...