ސައުދީ އަަރަބިއާއިން މިހާތަނަށް އެކުލަވާލި އެންމެ ބޮޑު ބަޖެޓް އިއުލާން ކުރައްވައިފި

ސައުދީ އަރަބިއާއިން މިހާތަނަށް އެކުލަވާލި އެންމެ ބޮޑު ބަޖެޓް ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އިއުލާން ކުރައްވައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް އެކުލަވާލައްވާފައިވާ ބަޖެޓް ސަލްމާން ރަސްގެފާނު އިއުލާން ކުރައްވާފައިވަނީ އަންގާރަ ދުވަހުގައެވެ. އެ ބަޖެޓްގެ އަދަދު ސައުދީގެ ފައިސާއިން ބަލާއިރު 1.11 ޓްލިއަން އަރާ. އެމެރިކާ ޑޮލަރުން ބަލާއިރު 295 ބިލިއަން ޑޮލަރުގެ އެ ބަޖެޓަކީ ސައުދީ އަރަބިއާގެ ތާރީޚްގައި މިހާތަނަށް އިއުލާން ކުރައްވާފައިވާ އެންމެ ބޮޑު ބަޖެޓެވެ. ބަޖެޓާއި ގުޅޭގޮތުން ސައުދީގެ ސަރުކާރުން ވިދާޅުވެފައިވަނީ އެބަޖެޓާއި އެކު އިގްތިސާދީ ގޮތުން އެގައުމަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ.

އަދި އެއާއެކު އަމިއްލަ ވިޔަފާރިތައް ކުރިއަރައިގެން ދާނެކަމަށްވެސް އެގައުމުގެ ސަރުކާރުން ވިދާޅުވެފައިވެއެވެ. އަދި އެބަޖެޓުގައި ވަނީ އެކި ދާއިރާާތަކުން ދެމުން އަންނަ އެލަވަންސްތައްވެސް ބޮޑުތަނުން އިތުރުކޮށްފައެވެ. ސައުދީ ރަސްގެފާނު މުހައްމަދު ބިން ސަލްމާންގެ 2030 އަހަރުގެ ތަސައްވުރުގެ ދަށުން ސައުދީގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ވަނީ އިތުރުވެފައެވެ. ނަމަވެސް، ޓެކްސް ނަގަމުންދާ މިންވަރު އިތުރުވުމާއި އެކު ސައުދީގައި ހިންގާ ވިޔަފާރިތަކަށް ގޮންޖެހުންތަކާއި ކުރިމަތިވެފައިވާ ކަމަށް ވެސް ބައިނަލްއަގްވާމީ ނޫސްތަކުގައި ބުނެފައިވެއެވެ.

ފާއިތުވި ސެޕްޓެމްބަރު މަހު ބަޖެޓާއި ބެހޭ ގޮތުން ސައުދީ އަރަބިއާގެ ސަރުކާރުން ވިދާޅުވެފައިވަނީ ވަޒީފާ ނެތް މީހުންގެ އަދަދު މަދުކުރުމަށް ފާއިތުވި އަހަރުތަކަށްވުރެ 7 އިންސައްތަ އިތުރަށް ޚަރަދު ކުރަން ނިންމާފައިވާކަމަށެވެ. އަދި އޭގެ ސަބަބުން އެ ގައުމުގެ އިގްތިސާދު ކުރިއަރައިގެން ދާނެ ކަމަށްވެސް ސައުދީ ސަރުކާރުން ލަފާކުރައްވާފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...