އާއިލާއާއެކު ކްރިތީ ސެނަން ރާއްޖޭގައި

ކްރިތީ އާއިލާއެކު ރާއްޖޭގައި

ދާދި ފަހުން އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނެ ފިލްމު ކަމުގައިވާ "ލުކަ ޗުޕީ"ގެ ޝޫޓިން ނިންމާލި ކަން ކްރިތީ ވަނީ އިއުލާން ކޮށްފައެވެ.

އެއަށްފަހު އޭނާ މިހާރު މަސައްކަތުން ޗުއްޓީއެއް ނަގާފައިވާއިރު، އެ ޗުއްޓީ އޭނާ ހޭދަކުރަމުން އަންނީ ރާއްޖޭގައެވެ. އޭނާގެ އާއިލާއާކު ކްރިތީ ޗުއްޓީ ހޭދަކުރަމުން ދަނީ ތާޗް އެކްޒޮޓިކާ ރިސޯޓް އެންޑް ސުޕާގައެވެ. 

އާއިލާއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ކްރިތީ ވަނީ އޭނާ ރިސޯޓްގައި ނަގާފައިވާ ގިނަ ފޮޓޯތަކެއް އޭނާގެ އިންޓަގްރާމްގައި ހިއްސާކޮށްފައެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ކަން ހާމަކުރަމުން އޭނާ އިސްޓަގްރާމަށް ލާފައިވާ ފޮޓޯގައި ވަނީ ރާއްޖޭގެ ރީތިކަމަށް ތައުރީފުކޮށްފައެވެ. އަދި އާއިލާއާއެކު ޗުއްޓީ ހޭދަކޮށްލަން ލިބިފައިވަނީ ވަރަށް ގިނަ ދުވަސްތަކަށް ފަހުގައި ކަމަށްވެސް ކްރިތީ ބުނެފައިވެއެވެ.


ޫޕޫލް ސައިޑްގައި ނަގާފައިވާ ފޮޓޯތަކާއި އެކު އާއިލީ ޗުއްޓީގެ އުފާވެރި ވަގުތުތައް ކުރިތީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...