ރަންވީރު އޭނާގެ އެވޯޑު ޚާއްސަ ކުރީ ދިޕިކާއަށް!

ސްޓާރ ސްކްރީން އެވޯޑްގެ އެންމެ މޮޅު ފިރިހެން ތަރީގެ އެވޯޑް ލިބިފައިވަނީ ރަންވީރު ސިންގްއަށެވެ. އޭނާ އަށް އެވޯޑް ލިބިފައިވަނީ "ޕަދުމާވަތު" ގައި އޭނާ ދެއްކި ހުނަރުވެރި އެކްޓިންނަށެވެ. އެ އެވޯޑާއި ހަވާލުވުމަށްފަހު އޭނާ ވަނީ އެ އެވޯޑް ދިޕިކާއަށް ޚާއްސަ ކޮށްފައެވެ.

ރަންވީރު ބުނެފައިވަނީ އޭނާ އަށް އެވޯޑް ލިބިފައިވަނީ ދީޕިކާގެ ސަބަބުން ކަމަށެވެ. އަދި ފާއިތުވި އަހަރު ތަކުގައި އޭނާއަށް އެހާ ފުރިހަމަ މަސައްކަތްތަކެއް ކުރެވުނީވެސް ދީޕިކާ އޭނާއަށް ދިން އަހަމިއްޔަތުގެ ސަބަބުން ކަމަށްވެސް ރަންވީރު ބުނެފައިވެއެވެ.

އެވޯޑާއި ހަވާލުވުމަށް ފަހު ރަންވީރު ދެއްކި އެ ވާހަކަތަކުގެ ސަބަބުން ދީޕިކާ ފެންކަޅިވެފައި ވަނިކޮށް ނަގާފައިވާ ފޮޓޯއެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައެވެ. އެ ފޮޓޯއަށް ގިނަ ބަޔަކު ކޮމެންޓް ކޮށްފައިވާއިރު އޭގެއިންވެސް އެ ދެތަރިންގެ ދޭތެރޭގައި އޮތް ލޯބި ފެނިގެންދާކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...