ރައީސް ސޯލިހު އެމްޑީޕީއަށް ނިސްބަތްވާ މިިނިސްޓަރުން އަރިހުގައި ގެންދެވުމުގެ ހަޤީގަތަކީ ކޮބައިބާ؟

ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހަމައެކަނި އެމްޑީޕީއަށް ނިސްބަތްވާ މިނިސްޓަރުން އަރިހުގައި ވަޑައިގެންނެވުމުން އެމަނިކުފާނަށް ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިބްރާހިމް މުޙައްމަދު ސޯލިހު ވަޑައިގަތީ އޭރު އިދިކޮޅަށް ނިސްބަތްވި ހުރިހާ ޕާޓީއެއް ގުޅިގެން ކޯލިޝަން އުފައްދައިގެން ކަމީ ހުރިހާ ދިވެހިންވެސް ޤަބޫލު ކުރާ ޙަގީގަތެކެވެ. އެފަދަ ގޮތަކަށް ވެރިކަމަށް ވަޑައިގެންނެވުމުން ދައުލަތުގެ ހުރިހާ ކަންތައްތަކެއް އެ ހަތަރު ޕާޓީގެ މެދުގައި ބަހާލަން ޖެހުނުކަމީވެސް ހުރިހާ ދިވެހިންނަށް އެނގޭކަމެކެވެ. އެގޮތުން ސަރުކާރުގެ މަޤާމުތަކަށް ސިޔާސީ ބޭފުޅުން އައްޔަންކޮށް ތަފާތު މަޤާމުތައް އުފައްދަވަން ޖެހުނެވެ.

ރައީސް ސޯލިހު އެފަދައިން މަޤާމުތައް ހަވާލުކުރައްވަމުން ގެންދެވި އިރު އެންމެންގެ ހިތުގައިވެސް އުފެދެމުން ދިޔަ ސުވާލެއް އޮތެވެ. އެއީ އެމަނިކުފާނު ނިސްބަތްވާ ޕާޓީ އަދި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ ދޫކޮށްލެއްވީތޯ އެވެ. އަދި ކޯލިޝަން ދެމެހެއްޓުމަށް އެމަނިކުފާނު ހަމަހަމަކޮށް ޕާޓީތައް މެދުގައި ކަންތައްތައް ކުރައްވަނީތޯއޭވެސް ގިނަ ބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ.

އެހެންނަމަވެސް އެހުރިހާ ސުވާލަކަށް މިހާރު މިވަނީ ޖަވާބު ލިބިފައެވެ. ރައީސް ސޯލިހު ވަނީ އެމަނިކުފާނުގެ ހުވާކުރެއްވުމަށްފަހު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައިވެސް ކޯލިޝަނަށް އަހައްމިއްޔަތުކަން ނެތްކަން ހާމަކޮށްދެއްވާފައެވެ. އެގޮތުން އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފެނިގެންދިޔަ ހައިރާން ކުރަނިވި މަންޒަރަކީ އެމަނިކުފާނުގެ އަރިހުގައި ކެބިނެޓޭ ކިޔުނު ކޭކުގެ އެމްޑީޕީގެ ހިއްސާދާރުންކަމުގައިވާ ހަތަރު މިނިސްޓަރެއް ވަޑައިގެންންނެވި މަންޒަރެވެ. ކޯލިޝަނަށް ނިސްބަތްވާ އެހެން ޕާރޓީތަކުގެ މިނިސްޓަރުންނާ ދޭތެރޭ އިބްރާހީމް މުހައްމަދު ސާލިހު ހިތްޕުޅާ ނުވަނީތޯ؟ މިއީ މިއަދު ގިނަ ބައެއްގެ ހިތުގައި އުފެދިގެންދިޔަ ސުވާލެކެވެ.

އަރިހުގައި ވަޑައިގެންނެވި ވަޒީރުންނަކ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާއި، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމާއި، ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އެވެ. މި ބޭފުޅުން ރައީސް ސޯލިހުގެ އަރިހުގައި އިންޑިއާއަށް ވަޑައިގަތުމުން އެތައް ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އެގޮތުން ކޯލިޝަނުގެ އެހެން މިނިސްޓަރުން ނުގެންދެވީ ކޮންކަހަލަ ޑީލެއް ހެދުމަށްކަމަށް އެފަރާތްތަކުންދަނީ ސުވާލު އުފައްދަމުންނެވެ.

ރައީސް ސޯލިހު އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެއްބަސްވުންތަކެއް ގާއިމްކުރައްވާނެކަމަށް ވިދާޅުވެފައިވާއިރު ރާއްޖޭގެ އެކި ހަރުމުދާތައް އިންޑިއާއަށް ދިނުމަށް ނިންމާފައިވާކަމުގެ އަޑުތަކެއް ދަނީ ފެތުރެމުންނެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލާ ރާއްޖޭގެ މައި ދޮރާށި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އިންޑިއާގެ ކުންފުނިތަކާއި ހަވާލު ކުރަން އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަމުންގެންދަވާކަމަށް އެތައް ބަޔަކު ގެންދަނީ ބުނަމުންނެވެ.

ރައީސް ސޯލިހު އެމަނިކުފާނުގެ އަރިހުގައި ކޯލީޝަނަށް ނިސްބަތްވާ މިނިސްޓަރުން ނުގެންދެވިތާ އެމަނިކުފާނާއެކު އެމަނިކުފާނުގެ އިސް އެޑްވައިޒަރު އަދި އެންމެ ގާތް އެކުވެރިޔާ މުހައްމަދު ނަޝީދުވެސް ވަނީ ވަޑައިގެންފައެވެ.

މުޙައްމަދު ނަޝީދު ވަނީ މީގެ ކުރިންވެސް ރާއްޖޭގެ ކުންފުނިތައް ބޭރުގެ ޤައުމުތަކަށް ނުއަގުގައި ދީފައިކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ޖީއެމްއާރަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުވެސް ދިނީ މުޙައްމަދު ނަޝީދުގެ ވެރިކަމުގައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...