ރައީސް ޔާމިން ފުލުހަށް ގެންދާތީވެސް މުޒާހަރާ ކުރަނީ އެމްޑީޕީއިން!

މޯލްޑިވްސް ޑިމޮކްރޓިކް ޕާޓީ، އެމްޑީޕީ އަކީ ރާއްޖެއަށް ޕާޓީ ސިސްޓަމް ތަޢާރަފްވީސުރެއްވެސް މި ޤައުމުގައި އެންމެ ގިނައިން މުޒާހަރާ ކުރަމުން އަންނަ ޕާޓީއެވެ. ކޮންމެ ބަޔަކު ވެރިކަމުގައި ތިއްބަސް އެ ޕާޓީއިން މުޒަހާރަކުރެއެވެ.

ކުރީގެ ރައީސް ޔާމިން އަބްދުލްޤައްޔޫމް ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓު ފޮނުފައިވުމުން އެމަނިކުފާނު ފައިންޕުޅުގައި ހިންގަވާ ވަޑައިގެން އެ އިދާރާއަށް ހާޒިރު ވެ ވަޑައިގަތުމަށް ނިންމާ އެކަން އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ، ޕީޕީއެމުން އިއުލާން ކޮށްފައިވެއެވެ. ހަމަ އެއާއެކު ވެރިކަމުގައި އޮތް ސަރުކާރު ކޯލިޝަނުގައި ހިމެނޭ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީއިންވަނީ މުޒާހަރާ ކުރަން މަގުމައްޗަށް ނުކުންނާނެ ކަމަށް ބުނެފައެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިންގެ އެކައުންޓަށް ނުހައްގުން ފައިސާ ވަދެފައިވާކަމަށް ބުނ،ެ އެމަނިކުފާނު ފުލުހަށް ހާޒިރުކުރުމަށް ޗިޓުފޮނުފައިވާއިރު، ޕީޕީއެމްގެ ސަޕޯޓަރުންވެސް އެމަނިކުފާނާ އެކު ފައިމަގުގައި ހިންގަވާފައި ފުލުސް އޮފީހާ ހަމަޔަށް ވަޑައިގަންނަވާނެއެވެ.

ރައީސް ޔާމިން ފައިމަގުގައި ހިންގަވާފައިވާ ވަޑައިގަތުން ވާނީ ޤާނޫނީ ކުށެއް ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެފައިވެއެވެ. މަހުލޫފު އެ މޭރުމުން ޓްވީޓެއް ކުރައްވާފައިވާއިރު، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފުލުހަށް ހާޒިރު ކުރިޔަސް ސިޔާސީ ހަރަކާތެއް ބޭއްވިޔަސް މުޒާހަރާ އެއް ކުރިޔަސް މަގުމައްޗަށް ނުކުމެވަޑައިގަންނަވާނީ އެނާގެ އައުވާނުން ގޮވައިގެން ކަމެއް މަހުލޫފަށް އެނގި ނުލައްވަނީ ތޯ އާ ވަކި މީހަކަށްވީމަ ވަކި ޤަވާއިދެއް މިޤައުމުގައި އުފެެދުނީ ކޮން ދުވަހަކުން ފެށިގެންތޯ ރައްޔިތުންދަނީ ސުވާލު އުފައްދަމުންނެވެ.

އެމްޑިޕިއިން މަގުމައްޗަށް ނުކުތުމަށް އިއުލާންކޮށްފައިވާއިރު އެޕާޓީގެ މެންބަރުންނަކީ އަކީ ކިރިޔާ ކަމެއްވާއިރަށް މަގު މައްޗަށް ނިކުމެ އަޑުގަދަ ކުރާ ބައެކެވެ. ވެރިކަމުގައި ތިިބި އިރު ވެސް ވެރިކަމުން ފޭބުމަށްފަހު ވެސް އެމްޑީޕީ އެ ސިޔާސަތަށް ބަދަލެއް ނައިސް އޮއްވާ ތާރީޚު އަނެއްކަ ވެސް އިޔާދަވަނީއެވެ. އެމްޑީޕީ ނިސްބަތްވާ ވެރިކަމެއް އޮއްވާ އެވެރިކަމާ ދެކޮޅަށް ޚުދު އެމްޑީޕީން އަނެއްކާ ނުކުންނަނީ އެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...