އިންޓަރނޭޝަނަލް ޓްރެވަލް މާކެޓް 2019 ލޯންޗްކޮށްފި

އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް ލޯންޗްކޮށްފިއެވެ.

މާގިރި ހޮޓެލްގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އިންޓަރނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާރކެޓް، އައި.އެމް.ޓީ.އެމް 2019 ރަސްމީކޮށް ލޯންޗުކޮށްދެއްވީ ޓުއަރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޑރ. ނައުޝާދު މުހައްމަދެވެ. އައިއެމްޓީއެމް 2019 ލޯންޗުކޮށްފައިވާއިރު، މިއަންނަ އަހަރުގެ އެ ފެއަރގައި، ފަތުރުވެރިކަމުގެ އެކި ގިންތީގެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް، އެފަރާތްތަކުގެ އަމިއްލަ ހިދުމަތްތަކާއި އުފެއްދުންތައް އިޝްތިހާރުކުރުމަށް ފުރުސަތު ފަހިކޮށްދޭނެކަމަށް އައި.އެމް.ޓީ.އެމް ޕްރައިވެޓް ލިމިޑެޓުން ވަނީ ހާމަކުރެއްވާފައެވެ.


އައި.އެމް.ޓީ.އެމްގެ މެނޭޖިން ޑިރެކްޓަރ ހައްވާ ޝިއުނާ ހާލިދު ވިދާޅުވީ އެ ފެއަރގައި ފަތުރުވެރިކަމުގެ އެކި ގިންތީގެ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް އަމިއްލަ ހިދުމަތްތަކާއި އުފެއްދުންތައް އިޝްތިހާރުކުރުމަށް ފުރުޞަތު ފަހިކޮށްދޭނަންކަމަށެވެ. އަދި ބޭރު ޤައުމުތަކުގައިވެސް އައިއެމްޓީއެމް އިޝްތިހާރު ކުރަން މަސައްކަތް ކުރަމުންދާކަމަށާ އެގޮތުން މިހާރުވެސް 80 ޓުއަރި އޮޕަރޭޓަރުންނާ ބައްދަލުކޮށް، އޭގެ ތެރެއިން 50 ފަރާތަކުން މިއަންނަ އަހަރުގެ ފެއަރއަށް އައުމަށް ކޮމިޓްމަންޓް ދީފައިވާ ކަމަށްވެސް ޝިއުނާ ވިދާޅުވިއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރު ޤައުމުތަކުގެ ކުންފުނިތަކުން ވިޔަފާރީގެ މަޝްވަރާތައް ކުރުމަށް ފުރުސަތު ދިނުމަށް ބާއްވާ އެ ފެއަރގައި ރާއްޖޭގެ ޓުއަރިޒަމް މިނިސްޓްރީ، އެމް.އެމް.ޕީ.އާރު.ސީ އަދި ޓުއަރިޒަމް ދާއިރާއާ ގުޅުން ހުރި އެކި އެންޖީއޯތަކުން އެއްބާރުލުންދޭކަމަށް އައިއެމްޓީއެމް ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...