އިންޑިއާ މީހުން ދެވަނައަށް އެންމެ ގިނައިން ގޫގުލް ސާޗް ކުރީ ނިކް ޖޯނަސް

ޕްރިޔަންކާ ޗޯޕްޅާ އަދި ނިކް ޖޯނަސްގެ ވާހަކައަކީ މުނިފޫހިފިލުވުމުގެ ދާއިރާގައި ފާއިތުވި ހަފްތާގައި އެންމެ ގިނައިން ދެކެވުނު އެއްވާހަކައެވެ.

އެ ދެމީހުންގެ ލޯބީގެ ގުޅުމުން ފެށިގެން ކައިވެންޏާއި ހަމަޔަށްވެސް އެދެމީހުންގެ ކަންތައް ގިނަ ބަޔަކު ފޮލޯ ކޮށްފައިވެއެވެ. ނިކު ޖޯނަސް އިންޑިއާގެ ގިނަ ބަޔަކަށް ތައާރަފްވެފައިވަނީ ޕްރިޔަންކާގެ ފަރާތުން ކަމަށްވުމާއިއެކު އޭނާގެ މައުލޫމާތު އިނގެން އިންޑިއާގެ ގިނަ ބަޔަކު ބޭނުންވިއެވެ. އެގޮތުން މިއަހަރުގެ އިންޑިއާގެ މީހުން ގޫގުލް ސާޗް ކޮށްގެން ބެލި މީހުންގެ ލިސްޓުގެ ދެވަނަ ވަނީ ނިކު އަށް ލިބިފައެވެ.

އޭގެ ތެރެއިންވެސް ގިނަ ބަޔަކު އެނާޔާއި ބެހޭ މައުލޫމާތު ހޯދަން މަސައްކަތްކޮށްފައިވަނީ ނިކް އާއި ޕްރިޔަންކާގެ ކައިވެނި އޮތް ހަފްތާގައި ކަމަށް އިންޑިއާގެ ނޫސްތަކުގައިވެއެވެ.

އިންޑިއާގެ މީހުން އެންމެ ގިނައިން ދެވަނައަށް އެންމެ ގިނައިން ގޫގުލް ސާޗްކުރި މީހާގެ ލަގަބު ނިކްއަށް ލިބުނު އިރު ފަޚުރުވެރި އެއްވަނަ ހޯދާފައިވަނީ އެއްލޯ މަރާލައިގެން އެންމެންގެ މަޝްހޫރުކަން ހޯދި ޕްރިޔާ ޕްރަކާސް ވަރިއާއެވެ. ތިން ވަނަ ފާއިތުވި އަހަރު ބިގް ބޮސް އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ސަޕްނާ ޗައުދަރީއަށް ލިބުނު އިރު ހަތަރުވަނަ ހޯދާފައިވަނީ ޕްރިޔަންކާ ޗޯޕްޅާއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...