ޅ. ނައިފަރުގައި މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ކަލެކްޝަން ސެންޓަރެއް ޅ. ނައިފަރުގައި ހުޅުވައި ޙިދުމަތްދޭން ފަށައިފިއެވެ.

އެ ކަލެކްޝަން ސެންޓަރުގެ ސަބަބުން ނައިފަރާއި ޅ.އަތޮޅުގައި ދިރިއުޅުއްވާ ފަރާތްތަކަށް މީރާގެ ޚިދުމަތް ފަސޭހަކަމާއެކު ގާތުން ލިބޭނޭ މަގު ފަހިވެގެން ދާނެކަމަށް މީރާއިން ބުނެއެވެ. ޅ. އަތޮޅު ކައުންސިލްގެ އިދާރާ ހިންގަމުންދާ އިމާރާތުގައި ގާއިމްކުރި އެ ކަލެކްޝަން ސެންޓަރުން މީރާގެ މައި އޮފީހުން ދެމުންދާ ހުރިހާ ޚިދުމަތްތައް ވެސް ލިބިގެންދާނެއެވެ.

މިގޮތުން ވިޔަފާރިތައް މީރާގައި ރަޖިސްޓްރީ ކުރުމާއި، ޓެކްސް ބަޔާންތައް ބަލައިގަތުމާއި، ޓެކުހުގެ ފައިސާއާއި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާއި ގުޅުންހުރި މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. މީރާގެ ޙިދުމަތް އަތޮޅުތެރެއަށް ފުޅާކުރުމުގެ ގޮތުން އެ އިދާރާގެ އޮފީސްތައް 14 އަތޮޅެއްގައި ޤާއިމުކޮށް މިހާރު އަންނަނީ ޚިދުމަތް ދެމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...