މުލިއާގޭގައި ސިޔާސީ ހަރަކާތްތައް ހިންގުން އޯކޭވީބާ؟

މުލިއާގޭގައި ޞޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރުންގެ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ:ސޯޝަލް މީޑިޔާ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ރިޔާސީ ގަނޑުވަރު، މުލިއާގޭގައި ސިޔާސީ ޙަރަކާތް ހިންގަމުން ދާ ކަމަށްބުނެ އެންމެ ބާރަށް އަޑު އުފުލަމުން ދިޔައީ ޕީޕީއެމް އާއި އިދިކޮޅަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނެވެ. އޭރު ބުނަމުން ދިޔައީ އެއީ ރާއްޖޭގެ ވެރިކަން ކުރާ ގަނޑުވަރުކަމަށާ އެތާގައި މެޑަމް ފާތިމަތު އިބްރާހިމް، ސިޔާސީ ޙަރަކާތް ހިންގާ އޮފީހަކަށް ހަދާފައިވާ ކަމަށް. ނަމަވެސް އެމްޑީޕީވެސް ހިމެނޭ މިސަރުކާރުން މުލިއާގޭގައި ސިޔާސީ ޕާޓީއެއްގެ ޖަލްސާ ބޭއްވުމުން އެކަމާ ބަސްނުބުނެ އެ ޕާޓީއިން ހަނު އޮތީ، ސިޔާސީ ޙަރަކާތް މުލިއާގޭގައި ހިންގުން މިހާރު މައްސަލައަކަށް ނުވުމުންތޯ ދިވެހި ރައްޔިތުން ސުވާލު އުފައްދަން ފަށައިފިއެވެ.

ރިޔާސީ ގަނޑުވަރު، މުލީއާގޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި ބައްދަލު ކުރައްވަމުންދާ މަންޒަރު ފެންނަ ފޮޓޯއެއް މީސް މީޑިއާގައި ދައުރުވަމުންދާން ފެށުމާއެކު ބައެއް މީީޑޔާތަކުގައި ރިޕޯޓުކޮށްފައިވަނީ އެއީ މުލީއާގޭގައި ބޭއްްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ނުރަަސްމީ ބައްދަލުވުމެއްކަމަށެވެ. އެބައްދަލުވުމުގެ ދައުވަތު ގައުމީ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ދެއްވި ނަމަވެސް ރައީސް ނަޝީދަށް ތާއިދު ކުރައްވާ ބޭފުޅުން ބައްދަލުވުމަށް ވަޑައިނުގަންނަވާ ކަމަށް އެ މަޖިލީހުގައި ބައިވެރިވި ފަރާތްތަކުން ބުނެފައިވެއެވެ. 

އެ ބައްދަލުވުމުގައި ސަރުކާރަށާ ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ގިނަ މެމްބަރުން ބައިވެރިވަޑައިގެންނެވިއިރު، އެ ބައްދަލުވުމާ ގުޅޭގޮތުން މައުލޫމާތު ހޯދާލުމަށް ރައީސް އޮފީހުގެ ތަރުޖަމާން، އިބްރާހިމް ހޫދަށް ގުޅާލުމުން ފޯނަށް ޖަވާބު ދެއްވާފައިވާ ނުވާތީ، މީޑީޔާތަކުން ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ. ރައީސް ސޯލިހް މުލީއާގޭގައި ސިޔާސީ ހަރަކާތްތައް ހިންގަވަން ފެއްޓެވިއިރު އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ޕީޕީއެމް އިން މުލީއާގޭގައި ސިޔާސީ ހަރަކާތްތައް ހިންގަމުން ގެންދާކަމަށްބުނެ އެކަމަށް ވަރަށް ބޮޑަށް ތަކުރާރުކޮށް ފާޑުވިދާޅުވުމަށް ފަހުއެވެ.


ކުރީގެ ރައީސް ޔާމީންގެ އަނބިކަނބަލުން އަދި މިހާތަަނަށް ދިވެހި ތާރީޚުގައި ފެނިގެން ގޮސްފައިވާ އެންމެ ހިތްތިރި، އޯގަތެރި މަހާރެހެންދި، ފާތިމަތު އިބްރާހިމް ނުކުޅެދޭ ކުދިންނަށާ އަދި މާލީ ގޮތުން ފުދުންތެރިކަން ނެތް ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މުލިއާގޭގައި ބައެއް ބައްދަލުވުންތައް ބާއްވާ އެފަދަ ކަންކަމަށް ބޭނުންވާ މުހިއްމު ނިންމުންތައް ނިންމެވުމަށް ބޭނުންވާ ބޭފުޅުންނާ މަޝްވަރާ ބައްދަލުވުންތަކެއް ވެސް ބޭއްވުމާއެކު އެކަމާ ހިތްހަމަ ނުޖެހިގެން އެންމެ ބާރަށް ނުރުން ފާޅުކުރީވެސް އެމްޑީޕީއާ އެޕާޓީއަަށް ތާއީދުކުރާ ފަރާތްތަކުންނެވެ.

މުޖްތަމަޢަށް ފައިދާހުރި މަސައްކަތެއް މުލިއާގޭގައި ކުރިއަށް ގެންދިޔައިރު އެކަމާ ނުރުހިގެން އެމްޑީޕީން އެކި ގޮތްގޮތުން އެވާހަކަ ދައްކާފައިވާއިރު، ސިޔާސީ ޕާޓީއެއްގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް އެ ގަނޑުވަރުގައި ބޭއްވުމުން އެ ޕާޓީން ބަހެއް ނުބުނެ ހަނު ތިބީ ކީއްވެތޯ އާ، މިހާރު މުލިއާގޭގައި ސިޔާސީ ޙަރަކާތް ހިންގުން އޯކޭވީތޯ ވެސް ދިވެހި އެތައް ރައްޔިތަކު ވަނީ ސުވާލު އުފައްދަން ފަށާފައެވެ. ދިވެހި ރައްޔިތުން މިފަދަ ސުވާލުތަކެއް ސަރުކާރަށާ ސަރުކާރަށް ނިސްބަތްވެވަައިގަންނަވާ ކޯލިޝަނަށް އަމާޒުކޮށްފައިވާއިރު ފާހަގަކޮށްލަން ޖެހޭ ކަމަކީ ޕީޕީއެމްގެ ވެރިކަމުގައި ކުރި ބައެއް ކަންކަމަކީ ޤާނޫނާ ޤަވާއިދާ ޚިލާފު ކަންކަންކަމަށް ބުނެފައިވާކަމެވެ.


ނަމަވެސް އެޕާޓީތަކުން އޭރު ޤާނުނާ ޤަވާއިދާ ޚިލާފުކަންކަން ކަމަށް އެފަރާތްތަކުން ފާހަގަކުރިކަންތައްތައް މިއަދު އެފަރާތްތަކަށް ނިސްބަތްވެވަޑާއިގަންނަވާ ސަރުކާރަކުން ކުރަމުން އަންނަ މަންޒަރު ވަނިީފެންނަން ފަށާފައިކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ. އެމްޑީޕީ އިން ނޫން އެހެން ޕާރޓީތަކުން ކުރާ ކޮށްމެ މަސައްކަތަކީ ރަނގަޅު ނޫން ކަންތައްތައް ކަމަށް އެމްޑީޕީ އިން އަބަދުވެސް އަންނަނީ ބުނަމުންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރަށް ބޮޑެތި ފާޑުކިޔުން ތަކެއް އަމާޒު ކުރި ބަޔަކަށް ވެރިކަމުގައި އާރާއި ބާރު ލިބުނީމަ އޭރު ދެއްކެވި ވާހަކަތައް ބިލާހަކަށްވެ ތިމަންމެން އެކަމެއް ކުރީމަ އޯކޭވާ މަންޒަރު ވަރަށް ސާފުކޮށް ފެންނަންފަށައިފިއެވެ.

އިންސާފާއި ހަމަހަމަކަމަކީ މިއީތޯ އޭ ބުނެ ރައްޔިތުން އަންނަނީ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ. ބަހާ އަމަލާ ދިމާނުވާ ބަޔަކު ކުރަމުންދާ އެފަދަ އަމަލުތަކަށް ވެރިކަން ބަދަލުކުރުމަށްޓަކައި ހޭލާ މަގުމަތީގައި މަސައްކަތް ކުރި މީހުންވެސް ތިބީ އަރާ ރަތުގައި ކަމަށް އެމްޑީޕީ އަށް ނިސްބަތްވާ މީހުން މި އަދު ބުނަންފަށައިފިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...