ގެރެތް ބޭލްގެ ލަނޑާއެކު ރެއާލް މެޑްރިޑް ތާވަލުގެ ގަދަ ހަތަރަކަށް އަރައިފި

ވޭލްސްގެ ކުޅުންތެރިޔާ ގެރެތް ބޭލްގެ ލަނޑާއެކު ރެއާލް މެޑްރިޑް އެބުރި ލަލީގާގެ ތާވަލުގެ ގަދަ ހަތަރަކަށް އަރައިފިއެވެ.

ސްޕެނިޝް ލަލީގާގައި ރޭކުޅުނު މެޗުތަކުގެ ތެރެއިން ހުއެސްކާއާއި ރެއާލް މެޑްރިޑް ބައްދަލު ކުރި މެޗުން ރެއާލް މޮޅުވެފައިވަނީ 1-0ގެ ނަތީޖާއިންނެވެ. ރެއާލް މޮޅުވި ލަނޑު މެޗުގެ 8ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ބޭލް އެވެ.

ރޭ ބޭލް ކާމިޔާބު ކުރި އެ ލަނޑަކީ އޭނާ ކުޅުނު މެޗުތަކުގެ ފާއިތުވި 10 މެޗު ތެރޭގައި ކާމިޔާބު ކުރެވުނު ފުރަތަމަ ލަނޑުކަން ފާހަގަކޮށްލެވެއެވެ. ރެއާލްގެ އެ ލަނޑަށްފަހު ދެ ޓީމުން މޮޅު ކުޅުމެއް ދެއްކި ނަމަވެސް ދެ ޓީމަށްވެސް އިތުރު ލަނޑެއް ކާމިޔާބު ކުރެވޭ ގޮތް ވަނީ ނުވެފައެވެ.

ލަލީގާގައި ރޭ ކުޅުނު މެޗުތަކުން ރެއާލް މޮޅުވިއިރު އެއިބާރއާއި ލެވެންޓޭ ބައްދަލު ކުރި މެޗުން ދެޓިމު ވަނީ 4-4ން އެއްވަރުވެފައެވެ. އަދި ރެއާލް ސޮސިއެޑޭޑްއާއި ރެއާލް ވަލަޑޮލިޑް ބައްދަލު ކުރި މެޗުން ރެއާލް ވަލަޑޮލިޑް ވަނީ 2-1 މޮޅުވެފައެވެ.

ރޭގެ މެޗުތަކަށްފަހުު ތާވަލުގެ އެއްވަނައިގައި 31 ޕޮއިންތާއެކު ބާސެލޯނާ އޮތް އިރު 28 ޕޮއިންޓާއެކު ދެވަނައިގައި އޮތީ ސެވިއްޔާއެވެ. އަދި ތިންވަނައިގައި 28 ޕޮއިންތާއެކު އެތްލެޓިކޯ މެޑްރިޑް އޮތް އިރު ރެއާލް މެޑްރިޑްއަށް ތާވަލުގެ ހަތަރުވަނަ ލިބިފައިވަނީ 26 ޕޮއިންޓައެކުގައެވެ. ތާވަލުގެ އެންމެ ފުލުގައި 7 ޕޮއިންތާއެކު އޮތީ ލަލީގާގައި އަލަށް ބައިވެރިވާ ހުއެސްކާ އެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...