އެމްޑީޕީގެ ޒުވާނުންގެ ހިތްވަރު އިންތިހާބުވަނީ އޮޅުވާލާފަ - އިގުބާލު

އެމްޑީޕީގެ ޒުވާނުންގެ ހިތްވަރު އިންތިހާބުވަނީ އޮޅުވާލާފަ - އިގުބާލު

އެމްޑީޕީގެ ޒުވާނުންގެ ހިތްވަރު އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައިވާ ކަމުގެ ތުހުމަތުތަކެއް ފެންމަތިވެއްޖެއެވެ.

އިއްޔެ ކުރިއަށްގެންދިޔަ ޒުވާނުންގެ ހިތްވަރު އިންތިހާބުގެ ވަގުތީ ނަތީޖާ މިހާރު އިއުލާނުކޮށްފައިވާއިރު އެ އިންތިހާބުގައި އެމްޑީޕީ ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް ކަމަށް ވާދަ ކުރެއްވި އިގުބާލު އަހްމަދު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އެމީހުންނަށް ލިބިފައި ހުރި ޝީޓްތަކާއި ވަގުތީ ނަތީޖާއާއި ދިމާނުވާ ކަމަށާއި ހުރިހާ ފޮއްޓެއްގެ ނަތިޖާ ވަކި ވަކިން ފެންނާނެހެން އިއުލާނުކުރަންޖެހޭ ކަމަށެވެ.

އިންތިހާބުގެ ސައްހަ ކަމާއި މެދު ސުވާލު އުފައްދާ އޭނާ ބުނީ ވޯޓުލުމުގެ އިންތިޒާމްތަށް ގިނަ ރަށްރަށުގައި ހަމަޖެހިފައި ނެތްކަމަށާއި ބައެއް ހިސާބުތަކުގައި އިންތިހާބުގައި ވާދަކުރި ކެންޑީޑޭޓުންގެ ބެލުމުގެ ދަށުން ވޯޓު ލެވިފައިވާ ކަމަށެވެ. ޒުވާނުންނުންގެ ހިތްވަރު އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، އެއްހާސް ހަތަރުސަތޭކަ ސާޅިސް ވޯޓާއެކު ނައިބު ރައީސްގެ މަގާމަށް އިންތިހާބުވެފައިވަނީ މުހައްމަދު އަންސާރެވެ.

އެ މަގާމަށް ވާދަކުރި އިގުބާލު އަހްމަދަށް ފައްސަތޭކަ ފަންސާސް އަށް ވޯޓު ލިބުނު އިރު، ހަސަން ޝަރީފަށް ލިބިފައިވަނީ ސަތޭކަ ފަސްދޮޅަސް ވޯޓެވެ. މާލޭ ސިޓީ ހިންގާ ކޮމިޓީ މެމްބަރުކަމަށް އިންތިހާބުވެފައިވަނީ ރިފްގާ ޝިހާމެވެ. ރިފްގާއަށް އަށްޑިހަ އަށް ވޯޓު ލިބުނު އިރު، އޭނާއާ ވާދަކުރި ލަބީގު މުހައްމަދު މާހިދަށް ލިބިފައިވަނީ ހަ ވޯޓެވެ.

އިގްބާލް ބުނީ އެމްޑީޕީއަކީ ރާއްޖޭގައި ބޮޑު ސިޔާސީ ޕާޓިއަކަށްވާއިރު ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު ލިބިފައިވަނީ މަދުބަޔަކަށް ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު އޮޅުވާލާފައިވާ ކަމަށް ތުހުމަތުކުރަމުންދާއިރު އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ވޯޓް ލިސްޓް އޮޅުވާލުންތަކެއް ހުރެދާނެ ކަމާއިމެދު ގިނަ ބަޔަކު ދަނީ ސުވާލި އުފައްދަމުން ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެމްޑީޕީ ޕްރައިމަރީގެ ވޯޓު ލިސްޓް އޮޅުވާލަން އެއްވެސް ބަޔަކު މަސައްކަތް ނުކުރުމަށް ތިމަރަފުށީ ދާިއރާގެ މެންބަރު މުހައްމަދު މުސްތަފާ ވަނީ ކުރެއްވި ޓުވީޓެއްގައި ގޮވާލައްވާފައެވެ.

އެމްޑީޕީ ވެރިކަމަށް އައިތާ މަސްދުވަސް ނުވަނީސް ޕާޓީ އެތެރޭގެ ކޯޅުން ބޮޑުވެ ޕާޓީ ބައިބައިވެދާނެ ކަމުގެ ބިރު ހީވާން ފަށާފައިވާ ކަމަށް އެމްޑީޕީގެ މެންބަރުންދަނީ ބުނަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...