އިންޑިއާސް ނެކްސްޓް ޓޮޕް މޮޑެލް ކާމިޔާބުކުރީ އުރުވީ ޝެއްޓީ

މަލައިކާ އަރޯރާ ހޯސްޓްކުރާ އިންޑިއާސް ނެކްސްޓް ޓޮޮޕް މޮޑެލް އުރުވީ ކާމިޔާބް ކޮށްފައިވަނީ ނިޝާ ޔާދަވް އާއި ރުޝާލީ ޔާދަވް އާއި ވާދަކޮށްގެންނެވެ. އުރުވީ ޝޯ ކާމިޔާބް ކޮށްފައިވަނީ ޝޯގެ ޓޮޕް ތިނަކަށް ދިޔަ ނިޝާ' ރުޝާލީ އަދި އުރުވީ އާއި ތިން ބައިވެރިން މަލައިކާއާއެކު ނެގި ފޮޓޯ ޝޫޓް ކާމިޔާބުކޮށްގެންނެވެ.

ތިން ބައިވެރިންގެ ފޮޓޯތަކަށްވެސް ބައިވެރިންގެ ފަރާތުން ޕޮޒިޓިވް ކޮމެންޓް ލިބިގެން ގޮސްފައިވޭ. ނަމަވެސް އުރުވީއަށް އެހެން ބައިވެރިންނަށް ވުރެ ބޮޑަށް ތައުރީފުކޮށްފައިވެއެވެ. އަދި އެހެން ބައިވެރިންނަށް ވުރެ ބޮޑަށް އޭނާއަށް ތައުރީފުކޮށްފައިވަނީ މުޅި ޝޯގައިވެސް އޭނާ ދައްކާފައިވާ ހުނަރަށް ބަލާފައެވެ. އެގޮތުން އޭނަގެ ގިނަ ފޮޓޯ ޝޫޓްތަކާއި ރޭންޕްވޯކްތަކަށްވެސް ޖަޖުން ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އަދި އެ ޝޯގައި އޭނާ ދެއްކި ހުނަރުގެ ސަބަބުން އޭނާއަށް ދީފައިވާ ލަގަބަކީ "މިސް ކޮންސިސްޓެންޓް"އެވެ.

މޮޑެލްއެއްގެ އިތުރުން އުރުވީ އަކީ ޓްރެއިންވެފައިވާ ފެޝަން ޑިޒައިނަރެކެވެ. އަދި އޭނާއަކީ ކުރިންވެސް މޮޑެލް ކުރި ކުއްޖަކަށް ވި ނަމަވެސް އޭނާއަށް މާބޮޑަށް ކުރިއެރުމެއް ލިބިފައިނުވެއެވެ. ނަމަވެސް އެ ޝޯ ކާމިޔާބުކުރުމާއެކު އޭނާގެ ކެރިއަރ ބަދަލުވެގެންދާނެ ކަމަށް އުއްމީދު ކުރާކަމަށް އޭނާ ބުނެފައިވެއެވެ.

އިންޑިއާސް ނެކްސްޓް ޓޮޕް މޮޑެލްގެ ޖަޖުންގެ ގޮތުގައި ހަރަކާތްތެރި ވެފައިވަނީ މަލައިކާ އަރޯރާ މިލިންދް ސޯނަމް، ޑައްބޯ ރަތުނާނީ، އަނުޝްކާ ޑަންޑްކަރު، ނީރަޖް ގަބާއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...