"ކެދާރުނާތު"ގެ ފެށުން ރަނގަޅު

މަޝްހޫރު ފިލްމީ ތަރި ސައިފް އަލީ ޚާން ގެ ދަރިފުޅުގެ ފުރަތަމަ ފިލްމު "ކެދާރުނާތު" މިހާރު ރިލީޒްކޮށްފައިވާއިރު އެފިލްމަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިގެން ގޮސްފައެވެ. އެގޮތުން ފުރަތަމަ ދުވަހު އެފިލްމަށް ވަނީ 7.25 ކްރޯރް ރުޕީސް ލިބިފައެވެ.

އެ ފިލްމަށް ފާޑު ކިޔާ މީހުން ތިބި ނަމަވެސް ސްޝާންތު އަދި ސާރާގެ އެކްޓިން ވަރަށް ކަމުދާ ކަމަށް ގިނަ ބަޔަކު ބުނެފައެވެ. ފުރަތަމަ ދުވަހު ލިބުނު އާމްދަނީ އާއި ފިލްމު ބަލަން ދިޔަ މީހުންގެ ހިޔާލު ހުރި ގޮތުން އެފިލްމުގެ ވިޔަފާރި ކުރިއަށް އޮތް ތަނުގައިވެސް ރަނގަޅުވާނެ ކަމަށް އެނަލިސްޓުން ބުނެފައިވެއެވެ.

އެއީ ސާރާގެ ފުރަތަމަ ފިލްމަށްވި ނަމަވެސް އެ ފިލްމު ބަލަން އޭނާގެ ބައްޕަ ސައިފު އަލީ ޚާން ނުދާ ކަމަށް ނޫސްތަކުގައިވެއެވެ. އެގޮތުން ސައިފު ބުނެފައިވަނީ އޭނާގެ ދަރިފުޅު ބޮޑު ސުކްރީނުން ބަލަން އޭނާ ޖެހިލުންވާކަމަށެވެ.

އަދި ކަރީނާގެ އެދުމުގެ މަތިންވެސް ސައިފު އެފިލްމު ބަލަން ދާން އެއްބަސް ވެފައި ނުވާކަމަށް އިންޑިއާގެ ނޫސްތަކުގައިވެއެ. ސައިފު އަދި އެފިލްމު ބަލާފައި ނުވި ނަމަވެސް ސާރާގެ މަންމަ އަމްރީތާ އެފިލްމުގެ ވަކި ބައިތަކެއް ބަލާފައިވަކަމަށް ރިޕޯޓްތަކުގައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...