ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ: މެޓް އޮފީސް

ރާއްޖޭގެ އެކި ހިސާބުތަކަސް ވިއްސާރަ ކުރާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

ޗެނަލް13އަށް މައުލޫމާތު ދެމުން މެޓް އޮފީހުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިރޭގެ 08:00އާ ހަމައަށް ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށެވެ. މެޓް އޮފީހުން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މެދުތެރޭގެ އަތޮޅުތަކަށް ވައި ޖެހެނީ އިރުއުތުރާއި އިރުން، ގަޑިއަކު 05 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް އާންމުކޮށް މަޑުން 03 މޭލާ 13 މޭލާދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި ހުޅަނގުން ގަޑިއަކު 03 މޭލާ 13 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށްވެސް ލަފާކުރެވޭ ކަމަށް މެޓު އޮފީހުންވަނީ ބުނެފައެވެ.

މެޓް އޮފީހުން އިތުރަށް ބުނީ މިރޭގެ 08:00 އާ ހަމައަށް ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ. އަދި މިދުވަސްވަރަކީ ވިއްސާރަ ދުވަސް ވަރަކަށް ވެފައި ގިނަބަޔަކު އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ދުވަސް ވަރަކަށްވުމުން ދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައިވެއެވެ. ރާއްޖޭގެ އެކި ހިސާބުތަކަށް ކުރި ވިއްސާރައާއި ގުޅިގެން، މާލެއަށް މެދުނުކެނޑި ވާރޭ ވެހުމުގެ ސަބަބުން ވަރަށް ބޮޑަށް ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...