"ޝާހޯ"ގެ ޝޫޓިން ތެރެއިން ހައިދަރްއާބާދުގައި ކުރިއަށް ގެންދިޔަ ޝޫޓިން ނިންމާލައިފި

މަޝްހޫރު ތަރި ޝްރަދާ ކަޕޫރާއި ސައުތު އިންޑިއަން ފިލްމުތަކުން ފެނިގެންދާ މަޝްހޫރު ތަރިއެއްކަމަށްވާ ޕްރަބާސް އެކުގައި ފެނިގެންދާ ޝާހޯގެ ޝޫޓިން ޝެޑިއުލްއާއި އެއްގޮތަށް ދާކަމަށާއި އެގޮތުން އެ ފިލްމުގެ ޝޫޓިންގެ ތެރެއިން އިންޑިއާގެ ހައިދަރު އާބާދުގައި ނަގާ މަންޒަރުތައް މިހާރު އެއްކޮށް ނިންމާލާފައިވާކަމަށް ރިޕޯޓްތަކުގައިވެއެވެ.

ހައިދަރުއާބާދުގައި ކުރިއަށް ދިޔައީ އެކްޝަން ސީކުއެންސެއްކަމަށްވެސް އިންޑިއާގެ ނޫސްތަކުގައިވެއެވެ. ޝްރަދާ ވަނީ އެ ފިލްމުގެ ހައިދަރުއާބާދުގައި ކުރިއަށް ދިޔަ ޝޫޓިން ނިމިއްޖެކަން ފޮޓޯއާއެކު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އަދި އެފޮޓޯއަށް ގިނަ ބަޔަކު ތައުރީފުކޮށްފައިވެއެވެ.

ސަންޖީތް ޑައިރެކްޓްކުރާ އެފިލްމުގައި ޝްރަދާ ލިޑްރޯލުން ފެނިގެންދާއިރު އެފިލްމު ޝޫޓް ކުރަނީ ހިންދީ އަދި ޓެލެގޫ ބަހުން ކަމަށްވެސް ނޫސްތަކުގައިވެެއެވެ. އެއާއެކު އެ ފިލްމު ވެގެންދާނީ ޓެލެގޫ ފިލްމަކުން ޝްރަދާ ފެނިގެންދާ ފުރަތަމަ ފަހަރަށެވެ.

ްއެ ފިލްމުގައި ޝްރަދާއާއެކު ޕްރަބާސް ލީޑްރޯލުން ފެނިގެންދާއިރު އެފިލްމުން ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި ނީލް ނިތިން މުކޭޝް، މަންދިރާ ބޭދީ، ޖެކީ ޝްރޮފް، އިވްލީން ޝަރުމާ، އަދި ޗަންކީ ޕާންޑޭ ހިމެނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...