ފުލުހުން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަނީ

އެއަރޕޯޓް ޕޮލިހުން ތަޙްޤީޤް ކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ހޯދަމުން އަންނަ ޒުވާނާ.

އެއަރޕޯޓް ޕޮލިހުން ތަޙްޤީޤް ކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

އެ މައްސަލައާއި ގުޅިގެން ހޯދަމުންދަނީ ގދ.ތިނަދޫ، އަކިރި، ޝަރޫން އިބްރާހީމް ( 23އ) އެވެ. ވީމާ ޝަރޫން އިބްރާހީމްއާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންނާއި ހިއްސާ ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އެފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...