ޤާނޫނާ ޤަވާއިދުތަކާއި އެއްގޮތަށް މަސައްކަތް ކުރަނީ ހަމައެކަނި ޕީޕީއެމްއިން- ރައީސް ޔާމީން

ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން: ފޮޓޯ ވަގުތު

ޤާނޫނާ ޤަވާއިދުތަކާ އެއްގޮތްވާ ގޮތުމުގެ މަތިން ކަންކަން ކުރަމުން އަންނަ ހަމައެކަނި ޕާޓީ އަކީ ޕީޕީއެމް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ދިވެހި ރައްޔިތުންގެ މަސްލަހަތު ހިމެނޭ ބޮޑެތި ކަންކަމާ، މުޅި ރާއްޖޭގެ މަސްލަހަތު ހިމެނޭ ބޮޑެތި ކަންކަން އަބަދުވެސް ހިމާޔަތް ކޮށްދެމުން އައިސްފައި އޮތީ ޕީޕީއެމްގެ ވިސްނުމުގައި މީގެކުރިންވެސް އުފެދިފައި ހުރި ޕާޓީތައް ކަމަށެވެ. އަދި ޕީޕީއެމްގެ ވިސްނުން މީގެކުރިންވެސް ފެށިފައި ވަނީ ޑީއާރުޕީ އާއި ހަމައިން ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ޑީއާރުޕީގައި ހުރި ބޮޑެތި މަސްދަރުތައް ޕީޕީއެމް އަށް ނަގުލް ކޮށްފައި ވާކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

"ރައްޔިތުންގެ މަސްލަހަތު ހިމެނޭ ބޮޑެތި ކަންކަމާ، މުޅި ރާއްޖޭގެ މަސްލަހަތު ހިމެނޭ ބޮޑެތި ކަންކަން އަބަދުވެސް ހިމާޔަތް ކޮށްދެމުން އައިސްފައި އޮތީ ޕީޕީއެމްގެ ވިސްނުމުގައި މީގެކުރިންވެސް އުފެދިފައި ހުރި ޕާޓީތައް. ޕީޕީއެމްގެ ވިސްނުންފެށިފައި އޮތީ ޑީއާރުޕީ އާއި ހަމައިން. އެހެންވީމަ ޑީއާރުޕީގައި ހުރި އަޅުގަނޑުމެން ޤަބޫލުކުރާ ބޮޑެތި މަސްދަރުތައް އަޅުގަނޑުމެން ނަގުލް ކުރީ ޕީޕީއެމް އަށް." ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ ދިވެހިން ޤަބޫލުނުކުރާ އެތައް ބައިވަރު އުސޫލުތަކަށް ކަންތައްތައް ހިނގަމުންދާތަން ފެންނަމުންދާ ކަމަށެވެ. އެހެންކަމުން މުޅި ދިވެހިންގެ ހައްޤުގައި މަސައްކަތް ކުރަންޖެހޭ ބަޔަކު ތިބެންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކަންކަން ކުރަންވާ އުސޫލުން، ޤަވާއިދާ އެއްގޮތަށް ކަންތައް ކުރަމުންދާ ހަމައެކަނި ޕާޓީ އަކީ ޕީޕީއެމް ކަމަށާ، އެ ޕާޓީ އަބަދުވެސް އޮންނާނީ ސާބިތުކަންމަތީ ޤާނޫނާ ޤަވާއިދުތަކާ އެއްގޮތްވާ ގޮތުމުގެ މަތިން ރައްޔިތުންނަށް ޚިދުމަތް ކޮށްދޭން ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ފާއިތުވި 5 އަހަރުގައި ޕީޕީއެމްގެ ބޮޑު މެޖޯރިޓީއެއް އޮވެގެން، ރައްޔިތުންގެ އާންމު މަސްލަހަތާ ގުޅޭ އެއްވެސް ކަމެއްގައި ރައްޔިތުން ތަކްލީފު އުފުލަންޖެހޭ އެއްވެސް ކަހަލަ ޤާނޫނެއް އެ ޕާޓީން ފާސްކޮށްފައި ނޯންނާނެ ކަމަށެވެ. 

އެމަނުކުފާނު ވިދާޅުވީ ސަރުކާރު ޒިންމަދާރު ކުރުވާނީ ހަމައެކަނި ޕީޕީއެމް އިން ނޫންކަމަށާ، ކަންތައްތައް ގޯސްކޮށް ދާނަމަ، އެކަން ރަނގަޅު ކުރަންޖެހޭނީ އެންމެން ގުޅިގެން ކަމަށެވެ. އަދި ދެންއަންނަ ރަންޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމްއަށް މެޖޯރިޓީ ލިބުނަސް، މިހާރުގެ ސަރުކާރުން ނިންމާފައި ހުރި ކަންތައްތައް އެފުށް މިފުށަށް ޖައްސަން ބޭނުން ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޕާޓީގެ ނަމުގައި މިލްކުވެރިކަން ކޮންމެ ދިމާލެއްގައިވެސް އޮވެދާނެ ކަމަށެވެ. ނަމަވެސް ދިވެހި ރައްޔިތުންގެ ހިތުގައި އޮތް ލޯބީގެ މިލުކްވެރިކަން އެމަނިކުފާނަށް ބޭއްވުމަށް ރައްޔިތުންގެ ކިބައިން ރައީސް ޔާމީން ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ޔާމީންވަނީ 5 އަހަރުގެ ކުރު މުއްދަތެއްގައި ރައްޔިތުން ހީނުކުރާފަދަ ބޮޑެތި ކުރިއެރުން ރާއްޖެއަށް ގެނެސްދެއްވާފައެވެ. އޭގެތެރެއިން ބައެއް ބޮޑެތި ޕްރޮޖެކްޓަތައް މިހާރުވެސް ކުރިއަށްދާކަން ފާހަކޮށްލެވެއެވެ. އެހެންކަމުން ރައީސް ޔާމީން ވަނީ އެ ޕްރޮޖެކްޓްތަކަށް ހުއްޓުމެއް ނުގެނެސް، ކުރިއަށް ގެންގޮސްދެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހްގެ ކިބައިންވެސް އެދިވަޑައިގެންފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. .ފަތަޙަ 06 ޑިސެމްބަރު 2018 - 16:22

    .ތިވިދާޅުވީ ވަރަށް ތެދުފުޅެއް މިހާރުވެސް އެކިއާ ހެއޮ ވެރިކަން ކުރާ ގައްދާރުންގެ ކޯލިޝަނުން ގާނޫނާޚިލާފު އެތައްކަމެއް ކޮށްފި ކުރީގާވެސް މިބައިމީހުން ވެރިކަމަށް އަންނަންވެސް ކުރި ކަންތައްތަކަކީވެސް ގާނޫނާ ޚިލާފު ކަންތައް ތަކެއް.

ގުޅުން ހުރި
Loading...