މާބަލްތައް ތަޅާލިގޮތަށް އެހެން މަޝްރޫއުތައް ނައްތާލަން ނެރޭނެތޯ؟ - އަބްދުއްރަހީމް

އިސްލާމީ މަރުކަޒު ސަރަހައްދުގައި ޖަހާފައި ހުރި މާބަލްތައް ތަޅާލި ގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ގެނެސްދެއްވި ތަރައްޤީގެ އެހެން މަޝްރޫއުތައް ނައްތާލަން އެމަނިކުފާނާއި އިދިކޮޅު ފަރާތްތަކަށް ކެރޭނެތޯ ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަޙީމް އަބްދުﷲ ސުވާލު އުފައްދަވައިފިއެވެ.

އަބްދުއްރަޙީމް ކުރެއްވި ޓްވީޓެއްގައި ވަނީ، އިސްލާމީ މަރުކަޒު ސަރަހައްދުގައި ޖަހާފައި ހުރި މާބަލްތައް ތަޅާލި ގޮތަށް ހުޅުމާލެ ދެވަނަ ފިޔަވަހި، ސިނަމާލެ ބްރިޖް، ދަރުމަވަންތަ ހޮސްޕިޓަލް، ލާމު ލިންކް ރޯޑު އަދި ބަނދަރުތަކާއި ހިއްކި ބިންތައް ނައްތާލަން ރައީސް ޔާމީންއާއި އިދިކޮޅު ފަރާތްތަކަށް ކެރޭނެތޯ ސުވާލު އުފައްދަވާފައެވެ. 

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިސްލާމީ މަރުކަޒު ވަށައިގެންވާ ސަރަހައްދުގައި މާބަލް ޖަހާފައިވަނީ ރައީސް ޔާމީންގެ ސަރުކާރުންނެވެ. އެ މަޝްރޫއުއަށް ޗައިނާ ސަރުކާރުން ވަނީ 1.14 މިލިއަން ޑޮލަރުގެ އެހީއެއް ދީފައެވެ.

އިސްލާމީ މަރުކަޒު ސަރަހައްދުގައި ޖަހާފައި ހުރި މާބަލްތައް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރުން ތަޅާލިއިރު، އެތަން ރައީސް ޔާމީންގެ ސަރުކާރުން ހަދާފައިވަނީ، އެއްފަހަރާ ދެހާސް މީހުންނަށް މީހުންނަށް ނަމާދު ކުރެވޭ ގޮތަށެވެ. އެއީ ފަސްހާސް އަކަފޫޓުގެ ސަރަހައްދެކެވެ.

ރައީސް ސޯލިހުގެ ސަރުކާރުން އިސްލާމީ މަރުކަޒު ސަރަހައްދުގައި ޖަހާފައިވާ މާބަލްތައް ތަޅާލުމަކީ އެ މިސްކިތަށް ނަމާދަށްދާ އެތައް ބަޔަކަށް އޭގެ އަސަރުކުރާނެ ކަމެއްގެ ގޮތުގައި ގިނަބަޔަކު ދަނީ ބުނަމުންނެވެ.

ރައްޔިތުންގެ ފައިދާއާއި ލާބަޔަށްޓަކައި ހިންގާފައިވާ އެފަދަ ބޮޑެތި މަޝްރޫޢުތައް އުވާ ނުލެއްވުމަށާއި، ޤައުމުގެ މަޞްލަހަތު އިސްކުރެއްވުމަށް ރައީސް ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރއަކަށް ހުންނެވި ޑރ.މުހައްމަދު މުއިއްޒުވެސް ވަނީ އާ ސަރުކާރަށް ގޮވާލައްވާފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. .ސޮހޮލެއް 06 ޑިސެމްބަރު 2018 - 16:39

    .މާބުލްތައް ތަޅާލިގޮތަށް އެހެން ތަންތައް ތަޅައެއްނުލާނެ އެމީހުނަށް އުދަގޫވަނީ ނަމާދުކުރާ ތަންތައްމާބޮޑުކޮށް ދީނީވަޙްދަތު މާބޮޑަށް ފަތުރަން އުޅޭތީ ލާދީނީ ބައިގަނޑަށް ރަނގަޅުވާނީ ވީހާވެސް ދީނާއި އިދިކޮޅުމީހުން ދުވަސަކޮޅަކުން އިންޑިއާއަށް ތިތަންދޭނެ އެމީހުންގެ ގާނޫނުން ހުއްދަކޮފި އެއްޖިންސުން ގުޅުންހިގުމާ ޒިނޭވެސް އެވަރު ބައެއްގެ ފައިބުޑަށް ވެއްޓި ރާއްޖެ އަޅުވެތިކުރަން އެއުޅެނީ.

ގުޅުން ހުރި
Loading...