ރޭ ކުޅުނު މެޗުން އާސެނަލް އާއި ޔުނައިޓެޑް އެއްވަރުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން އާސެނަލް އާއި މެންޗަސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗު ދޭއް ދޭއްގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

ޔުނައިޓެޑް އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އާސެނަލުން ލީޑު ނެގީ ޝޮކޮޑްރަން މުސްތާފީ ޖެހި ލަނޑުންނެވެ. މުސްތާފީ ބޮލުން ފޮނުވާލި ބޯޅަ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ އަތުގައި ޖެހިފައި ވަނީ ގޯލުގެ ރޮނގު ހުރަސްކޮށްފައެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔުނައިޓެޑަށް އެއްވަރުކޮށްދިނީ އެންތަނީ މާޝިއަލްއެވެ. އާސެނަލުން ދެ ވަނަ ފަހަރަށް ލީޑުނެގީ މެޗުގެ 68 ވަނަ މިނިޓްގައި ޔުނައިޓެޑްގެ މާކޯސް ރޯހޯ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. އޭގެ މިނިޓެއް ފަހުން ޖެސޭ ލިންގާޑް ވަނީ ޔުނައިޓެޑަށް އެއްވަރުކޮށްދީފައެވެ.

މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ޔުނައިޓެޑަށް ބޭނުންވި ނަތީޖާ ނުނެރެވުނީ އަމިއްލައަށް ހެދުނު ގޯސްތަކެއްގެ ސަބަބުން ކަމަށެވެ. އެހެންނަމަވެސް ކުރިއަށްވުރެ ބޮޑަށް ހިތްހަމަޖެހޭ ސަބަބަކީ ކުޅުންތެރިން މޮޅުވާން ވެގެން ކުރާ މަސައްކަތް ރަނގަޅުވުމުން ކަމަށް އޭނާ ބުނިއެވެ. އާސެނަލްގެ ކޯޗު އުނާއި އެމެރީ ބުނީ އެ ޓީމަށް މޮޅު ނުވެވުނީ، ކޮންމެ ފަހަރަކު ވެސް ލީޑު ލިބުމުން ކޮންމެވެސް ވަރަކަށް މެޗު ފަސޭހަކޮށްލުމުގެ ވިސްނުމުގައި ކުޅުންތެރިން ކުޅެން ފެށުމުން ކަމަށެވެ.


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން ރަށުންބޭރުގައި ތިނެއް އެކެއްގެ ނަތީޖާއިން ބާންލީ އަތުން މުހިއްމު މޮޅެއް ހޯދިއިރު، އާސެނަލާއި ޗެލްސީ ކުޅުނު މެޗުތަކުން މޮޅުނުވުމުގެ ފައިދާނަގައި ޓޮޓެންހަމް ހޮޓްސްޕާސް ވަނީ ލީގުގެ ތިން ވަނަ އަށް ޖެހިލާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...