މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި

މާލޭގެ މޫސުމަށް އައިސްފަ ހުރި ބަދަލު: ފޮޓޯ ވަގުތު

 


ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވައިގެން ދަތުރުތައް ރޭވުމަށް މޫސުމާއިބެހޭ އިދާރާއިން އިލްތިމާސް ކުރައްވައިފިއެވެ.

މިހާރު މުޅިރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ މުޅި ރާއްޖެއަށް ވައިޓް އެލާޓްވެސް ނެރެފައެވެ.


އެގޮތުން ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހަވީރު ހަތަރެއް ޖެހުމާއި ހަމައަށެވެ. މި ވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކުރެއެވެ.

ވައިޓް އެލާޓްގައި މޫސުމަށް ސަމާލުވާންޖެހޭއިރު، ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެެއެވެ. 


ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން ވަރަށް މުހިއްމެވެ.

ޢާންމު ގޮތެއްގައި ކޮންމެ އަހަރަކުވެސް އަލްޙާ ޢީދާ ދިމާކޮށް ވިއްސާރަ ވާކަން ފާހަގަ ކޮށްލެވެއެވެ. މި ދުވަސް ވަރުގައި ޢީދުގެ ކުޅިވަރުތައް ބަލާލުމަށް ގިނަ ބަޔަކު ރާއްޖޭގެ އެކި ރަށްރަށަށް ދަތުރު ކުރާއިރު މޫސުމަށް ހާއްސަ ސަމާލުކަމެއް ދީގެން ދަތުރު ކުރުމަކީ މުހިއްމު ކަމެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...