އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އީސީން ދެއްވައިފި

ގައުމީ ވިންދު ޕާޓީ އުފެއްދުމުގެ ހުއްދަ ދެއްވި ލިޔުން ރާމިޒާއި ހަވާލުކުރަނީ. ފޮޓޯ: ވަގުތު އިމޭޖަސް

އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން، އީސީން ދެއްވައިފިއެވެ.

އިލެކްޝަން އިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ، ގައުމީ ވިންދު" ގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ ގ.ރާވެހި، މުހައްމަދު ރަމީޒު އަލީ،އޮގަރު ރަމީޒުއަށް ދެއްވާފައިވާ ކަމަށެވެ. އޭނާއަށް ޕާޓީއުފެއްދުމަށް ބޭނުންވާ 3000 މީހުންގެ ސޮއި ހޯދައި ޕާޓީ ރަޖިސްޓްރީ ކުރުމަށް ހުށައެޅުމަށް މިއަދުން ފެށިގެން 3 މަސް ދުވަހުގެ މުހުލަތެއް ވަނީ ދެއްވާފައެވެ. ޤައުމީ ވިންދުގެ އިތުރުން އިތުރު ދެޕާޓީއެއް އުފެއްދުމަށްވެސް ދެފަރާތަކަށް ހުއްދަ ދީފައިވާ ކަމަަށް ވެސް އީސީން ވަނީ މައުލޫމާތުދެއްވާފައެވެ.

އެގޮތުން މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އެމްއެލްއެސްޑީޕީގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ 5 އޮގަސްޓް 2018ގައި ގާނޫނީ ވަކީލު އަބްދުﷲ ހަސީނަށް ދެއްވާފައި ވާއިރު، ޤާނޫނުގައި ބުނާ ގޮތަށް ފުރަތަމަ ފަހަރު ދިން ހުއްދައިގެ ދަށުން 3000 މެމްބަރުން ހަމަކުރެވިފައި ނުވާތީ، އަލުން އެޕާޓީއަށް މެމްބަރުން ހަމަކުރުމަށް އިލެކްޝަންސް ކޮމިޝަނުން އޭނާއަށް ވަނީ ދެވަނަ ފަހަރަށް ހުއްދަ ދީފައެވެ.

މީގެ އިތުރުން މިދިޔަ ހަފްތާގައި ވެސް ވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައެވެ. މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް އެމްޓީޑީގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައިވަނީ ވިޔާފާރިވެރިންގެ ޖަމިއްޔާގެ ރައީސް އިސްމާއިލް އާސިފަށެވެ.

މިހާރު ރާއްޖޭގައި އޮތް ސިޔާސީ ޕާޓީތަކަކީ، ޕީޕީއެމް، އެމްޑީޕީ، ޖުމުހޫރީޕާޓީ، އަދާލަތުޕާޓީ، އެމްޑީއޭގެ އިތުރުން ޑީއާރްޕީއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...