މޭޓް20 ސީރީޒްގެ ފޯނުތަކަށް ޕްރީއޯޑަރ ކުރުމަށް ދިރާގުން ހުޅުވާލައިފި

ވާވޭގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯން ކަމަށްވާ މޭޓް ޓްވެންޓީ ސީރީޒްގެ ފޯނުތަކަށް ޕްރީ އޯޑަރ ކުރުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފިއެވެ.

ދިރާގުން މޭޓް ޓްވެންޓީ ސީރީޒްގެ ދެ ފޯނު ކަމަށްވާ މޭޓް ޓްވެންޓީއާއި މޭޓް ޓްވެންޓީ ޕްރޯއަށް ޕްރީ އޯޑަރ ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. ދިރާގުން ބުނެފައިވަނީ ޕްރީ އޯޑަރަށް މޭޓް ޓްވެންޓީ ސީރީޒްގެ ފޯނުތައް ގަތުމަށް ގެންނާނީ ލިމިޓެޑް ސްޓޮކެއް ކަމަށެވެ.

އަދި ދޫކުރާނީ ފުރަތަމަ ޕްރީ އޯޑަރ ކުރާ ފަރާތްތަކުގެ ތަރުތީބުން ކަމަށްވެސް އެކުންފުނިން ބުނެއެވެ. އެ ސީރީޒްގެ ފޯނުތައް 12 މަހުގެ އިންސްޓޯލްންމެޓް ޕްލޭނަށް ނެގުމުގެ ފުރުސަތުވެސް ދިރާގުން ވަނީ ހުޅުވާލައިފައެވެ. އެގޮތުން މޭޓް ޓްވެންޓީ އިންސްޓޯލްމެންޓަށް ނަގާނަމަ، ކޮންމެ މަހަކު ދައްކަން ޖެހޭނީ ނުވަ ސަތޭކަ އަށްޑިހަ އަށް ރުފިޔާއަށެވެ.

އަދި މޭޓް ޓްވެންޓީ ޕްރޯގެ ފޯނަށް ކޮންމެ މަހަކު ދައްކަން ޖެހޭނީ އެއްހާސް އެއްސަތޭކަ ސާޅީސްއަށް ރުފިޔާއަށެވެ. މޭޓް ސީރީޒްގެ ދެ ފޯނަށްވެސް އެޑްވާންސް ޕޭމެންޓްގެ ގޮތުގައި ދައްކަން ޖެހެނީ ދެހާސް ނުވަ ސަތޭކަ ނުވަދިހަ ނުވަ ރުފިޔާއަށެވެ. މޭޓް ސީރީޒްގެ ފޯނުތައް މާކެޓަށް ނެރެފައިވަނީ މިދިޔަ މަހުގައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...