ރައީސް ޔާމިން ހާލުގައި ޖެހުނު އާއިލާތަކުގެ ހާލު ބައްލަވާލައްވައިފި

ރައީސް ޔާމިން ހާލުގައި ޖެހުނު އާއިލާއެއްގެ މެމްބަރަކާ ވާހަކަދައްކަވަނީ. ފޮޓޯ: ސޯޝަލް މީޑިޔާ

މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ހާލުގައި ޖެހުނު އާއިލާތަކުގެ ތެރެއިން ބައެއް އާއިލާތަކަށް ޒިޔާރަތްކުރައްވާ އެ އާއިލާތަކުގެ ހާލު، ކުރީގެ ރައިސް އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމް ބައްލަވާލައްވައިފިއެވެ.

އިއްޔެ މާލެއަށް ކުރި ވިއްސާރައިގައި ހާލުގައި ޖެހިފައިވާ ބައެއް އާއިލާތަކަށް ޒިޔާރަތްކުރައްވާ ރައީސް ޔާމީން ވަނީ ވަރަށް ގާތުން އެ އާއިލާތަކުގެ ހާލު ބައްލަވާ ލައްވާފައެވެ. އެގޮތުން އެ އާއިލާތައް ދިރިއުޅޭ ގެތަކަށް ޒިޔާރަތް ކުރައްވާ ލިބިފައިވާ ގެއްލުމާއި، އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާމެދު އާއިލާތަކުގެ މެމްބަރުންނާ އެމަނިކުފާނު މަޝްވަރާކޮށް ވާހަކަފުޅު ދެއްކެވިއެވެ. ހާލުގައި ޖެހުނު ބައެއް އާއިލާތަކަށް ޒިޔާރަތްކުރައްވާ އާއިލާތަކުގެ ހާލު ރައީސް ޔާމިން ބައްލަވާލައްވާފައިވާއިރު، އެމަނިކުފާނަކީ ދިވެހި ރައްޔިތުންގެ ހާލު ނުހަނު ގާތުން އަބަދުވެސް ބައްލަވާ ރައީސެއްކަން ފާހަގަކޮށްލެވެއެވެ.

މާލެއަށް އިއްޔެ ކުރި ވިއްސާރައިގައި 138 ގެއަކަށް ފެނުގެ އަސަރުކޮށްފައިވެއެވެ. އިއްޔެއަކީ ފަހުގެ ތާރީޚެއްގައި މާލެއަށް އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރިކޯޑު ކުރެވިފައިވާ ދުވަސްކަމަށްވާއިރު، އިއްޔެ މާލެއަށް 223.5 މިލި މީޓަރުގެ ވާރޭ ވަނީ ވެހިފައިވެއެވެ. އަދި ބައެއް ސަރަޙައްދުތަކުގައި 6 އިންޗިއަށް ފެންބޮޑުވެފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. .ރަޙުމް 06 ޑިސެމްބަރު 2018 - 14:14

    .އަބަދުވެސް މީނޫންތޯ ރައީސް ޔާމީންގެ ކިބައިން ފެނުނު އަދި ފެންނަމުންދާ އޯގާތެރިކަމާ ރަޙްމާ ހަމްދަރުދީ އަކީވެސް .އަޅުގަނޑުމެން އަބަދުވެސް ރައީސް ޔާމީނަށްޓަކާ ފަޚްރުވެރިވަން ތިއީ ހަމަ ރައިއްޔަތުން ދެކެ ލޯބިވާ އޯގާތެރި ކުލުނުހުރި ރިވެތި އަޙްލާގުގެ ވެރި ރައީސެއް އިންޝާﷲ .ﷲގެ ޙަޒުރަތުން ރައީސް ޔާމީނަށް ސިއްޙަތު ސަލާމަތް ދިގު އުމުރުފުޅެއް މިންވަރު ކުރަށްވާށި އާމީން، ވަރަށް އިޙްތިރާމާ ލޯތްބާއެކު މަރްޙަބާއާ ޝުކުރު ދަންނަވަން ތީހަމަ އޯލްދަ ބެސްޓު.

ގުޅުން ހުރި
Loading...