ހުޅުމާލޭގައި އެކްސިޑެންޓްވި މީހާ ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ

އޭޑީކޭ ހޮސްޕިޓަލް

ހުޅުމާލޭގައި އެކްސިޑެންޓްވި މީހާ ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.


މިދިޔަ މަހު 22 ވަނަ ދުވަހު ހުޅުމާލެ ނިރޮޅު މަގު، ހަބީބީ ބޭންކް ކުރިމަތީގައި ހިނގި އެކްސިޑެންގައި މަރުވެފައި ވަނީ، އުމުރުން 64 އަހަރުގެ އިބްރާހިމް ރަޝީދެވެ.   މިހާދިސާ ހިނގާފައިފާވަނީ، ރަޝީދު ދަރިފުޅު ބަލައިގޮސް ސައިކަލު ޕާކު ކުރަން އުޅެނިކޮށް، ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓުރޯލު ނުވެގެން ގޮސް، ރަޝީދު ދުއްވަން އިން ސައިކަލުގައި ޖެހިގެންނެވެ. މި ހަދިސާގައި އެކްސިޑެންޓްވި ދެވަނަ ސައިކަލުގައި އިން މީހާ ވަނީ ސައިކަލު ދޫކޮށްލުމަށްފަހު ފިލާފައެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި ރަޝީދަށް ފުރަތަމަ ފަރުވާ ދެމުން އައި ނަމަވެސް އޭނާގެ ހާލު ސީރިއަސް ވުމާއި ގުޅިގެން އެރޭގެ ވަގުތެއްގައި  ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލު ކޮށްފައެވެ.

މި ހާދިސާގައި  ރަޝީދުގެ ބޮލަށާއި ފަޔަށް ވަނީ ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. މީގެ އިތުރުން ރަޝީދު މަރުވި އިރު ގެންދިޔައީ ވެންޓިލޭޓަރުގެ އެހީގައި ނޭވާލައްވަމުންނެވެ. ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި މީހަކު މަރުވި އިރު، ހުސްވި ހަފުތާގައި  އައްޑޫގައި ވެސް އެކްސިޑެންޓެއް ހިނގާ ޒުވާނަކު ވަނީ މަރުވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...