ޕްރިޔަންކާއާއި ނިކްގެ ކައިވެނީގެ ހަފްލާގައި މޯދީ

ޕްރިޔަންކާއާއި ނިކް، ދިއްލީގައި ބޭއްވި ރިސެޕްޝަންގެ ތެރެއިން.

ޕްރިޔަންކާ ޗޯޕްރާއާއި އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ ކައިވެންޏާއި ގުޅިގެން، އަންގާރަ ދުވަހު ދިއްލީގައި ބޭއްވި ރިސެޕްޝަންގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެހަފްލާގައި ބައިވެރިވެވަޑައިގެންނެވި އެންމެ ހައި ޕްރޮފައިލް ބޭފުޅަކީ މޯދީއެވެ. ޕްރިޔަންކާއާއި ނިކްގެ ދިއްލީ ރިސެޕްޝަން ބާއްވާފައިވަނީ، ތާޖް ޕެލަސް ހޮޓަލްގައެވެ. މިއީ، ކައިވެންޏަށްފަހު ދެތަރިން ބޭއްވި އެންމެ ފުރަތަމަ ރިސެޕްޝަނެވެ.

ޕްރިޔަންކާއާއި ނިކް، ދިއްލީގައި ބޭއްވި ރިސެޕްޝަންގެ ތެރެއިން.

ދިއްލީ ރިސެޕްޝަންގައި ޕްރިޔަންކާ ފެނިގެންދިޔައީ ވަރަށް ރީތި ރިހި ކުލައިގެ "ލެހެނގާ"އެއްގައެވެ. އެއީ އިންޑިއާގެ ސަޤާފީ އައުޓްފިޓެކެވެ. ނިކް ލައިގެން ހުރީ ކަޅުކުލައިގެ ޓަކްސީޑޯއެކެވެ.

ޕްރިޔަންކާ ވަނީ އޭނާ ލައިގެން ހުރި ލެހެނގާއާއި ގުޅޭ ގޮތަށް ވަރަށް ރީތިކޮށް ގަހަނާ އަޅާފައެވެ. އަދި ބޮލުގައި އިސްތަށިގަނޑުގައި ހުޅިއެއް ޖަހާފައި ވަނީ ރީތި މާގަނޑަކާއިވެސް އެކީގައެވެ.


ކައިވެނީގެ ހަފްލާ ބޭއްވުމަށް ނިކްއާއި ޕްރިޔަންކާ ވެރިރަށް ދިއްލީއަށް އައިސްފައިވަނީ ހޯމަ ދުވަހުއެވެ. އެދެމީހުން ވަނީ ޖޯދުޕުރު އަދި ދިއްލީ އެއާޕޯޓްގައި ފޮޓޯ ނަގަން ހުއްޓިފައެވެ.

ޕްރިޔަންކާ(36) އަދި ނިކް(26) ކައިވެނި ކޮށްފައިވަނީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ބޭބެ 05 ޑިސެމްބަރު 2018 - 11:08

    އެސޮރު އެހުރީ މުސްކުޅި އަންހެނަކާ ކައިވެނި ކުރުމުން ލިބޭނެ އުފާ ލިބިފައި. ހާދަ ދުވަހެއް ނުވެ ވަރިކުރާނެ. ހަބަރު ލިޔުނު މީހާ، އެމަންޖެއަށް ފާރަލާ މީހާ (ފަތޯނާ ފާއިޒު) ހުރޭ މަމިބުނި އެތި ބަލަން.

ގުޅުން ހުރި
Loading...