ނަތަންޔާހޫގެ މައްޗަށް ދައުވާކޮށްދިނުމަށް އިޒްރޭލްގެ ފުލުހުން އެދިއްޖެ

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ދެކަނބަލުންގެ މައްޗަށް ތުހުމަތު ކުރެވޭ ރިޝްވަތު ދިނުމުގެ މައްސަލައިގައި ދައުވާ ކޮށްދިނުމަށް އިޒްރޭލްގެ ފުލުހުން އެދިއްޖެއެވެ.

ބައިނަލްއަގްވާމީ ނޫސްތަކުގައިވާ ގޮތުން ނަތަންޔާހޫގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެގައުމުގެ ފުލުހުން ވަނީ މިއަހަރު ތިން ފަހަރެއްގެ މަތިން އެދިފައެވެ. އެގޮތުން އެގައުމުގެ ފުލުހުންނާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ ނަތަންޔާހޫއާއި އޭނާގެ އަނބިކަބަލުން ސާރާ ނަތަންޔާހޫގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށެވެ.

އިޒްރޭލްގެ ފުލުހުން ނަތަންޔާހޫގެ ދެކަނބަލުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިފައިވަނީ، ނަތަންޔާހޫގެ ދެކަނބަލުންނާއި ބެހޭ ޕޮޒިޓިވް ކަވަރޭޖު ގެނެސްދިނުމަށް، އެގައުމުގެ އެންމެ ބޮޑު މުއާސަލާތީ ކުންފުންޏަށް ބޮޑެތި ފައިދާތަކެއް ލިބޭ ގޮތަށް ގަވައިދުތައް ބަދަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށެވެ.

ނަތަންޔާހޫގެ މައްޗަށް އެ ތުހުމަތުތައް ކުރެވުނު ނަމަވެސް އޭނާ ވަނީ އެފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ވިދާޅުވެ އެ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ. އަދި ފުލުހުން އެމައްސަލައިގެ ތަހުގީގަށްފަހު ދައުވާ ކުރުމަށް ހުށަހެޅި ލިޔެކިޔުންތައް ލީކުވެފައިވާކަމަށްވެސް ނަތަންޔާހޫ ވަނީ ވިދާޅުވެފައެވެ.

ނަތަންޔާހޫގެ މައްޗަށް ދައުވާ ކުރަން އިޒްރޭލްގެ ބަންޑާރަނައިބު ނިންމަވައިފިނަމަ، އެކަން ވެގެންދާނީ އިޒްރޭލްގައި ބޮޑުވަޒީރަކަށް ހުންނެވި މީހެއްގެ މައްޗަށް ކުށުގެ ތުހުމަތުކުރެވޭ ފުރަތަމަ ފަހަރަށްކަން ފާހަގަކޮށްލެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...