ހޮންގް ކޮންގްގެ މަޝްހޫރު ޑިޖިޓަލް ލައިފްސްޓައިލް ސްޓޯރ، ރިމެކްސް ރާއްޖެއަށް ތަޢާރަފުކޮށްފި

ހޮންގް ކޮންގްގެ މަޝްހޫރު ޑިޖިޓަލް ލައިފްސްޓައިލް ސްޓޯރ، ރިމެކްސް ރާއްޖެއަށް ތަޢާރަފުކޮށް، އެ ބްރޭންޑުގެ ފްރެންޗައިސް ސްޓޯރެއް ހުޅުވައިފިއެވެ.

ކެންގަރޫ ކިޑްސް ޕްރީ ސްކޫލް ކުރިމަތީގައި ހުންނަ އެ އައުޓްލެޓް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަހްމަދު މަހްލޫފުއެވެ.

މިކަމާ ގުޅޭގޮތުން ނެރުނު ނޫސްބަޔާނުގައި މޯލްޑައިސްއިން ބުނީ، ރިމެކްސްއިން ބާޒާރަށް ނެރޭ ކޮންމެ ޕްރޮޑަކްޓެއް ވެސް ރާއްޖޭގައި ހުޅުވި އެ ބްރޭންޑުގެ އައުޓްލެޓުން ލިބެން ހުންނާނެ ކަމަށެވެ.

އަލަށް ހުޅުވި އައުޓްލެޓުގައި މިވަގުތު ގިނައިން ލިބެން ހުރީ ރިމެކްސްއިން ބާޒާރަށް ނެރެފައިވާ މޮބައިލް ފޯނާ ގުޅުންހުރި އުފެއްދުންތަކެވެ. ނަމަވެސް ކައިރި މުސްތަޤްބަލެއްގައި ރިމެކްސްގެ އިތުރު ރޭންޖްތައް އެ އައުޓްލެޓަށް ތަޢާރަފު ކުރުމަށް ވަނީ ރާވާފައެވެ.

2010 ވަނަ އަހަރު ތައާރަފުކުރި ރިމެކްސް ބްރޭންޑަކީ ހޮންގް ކޮންގްގެ ރިފައިން އިންޑަސްޓްރިއަލް އޭޝިއާގެ ސަބް ބްރޭންޑެކެވެ. މިހާތަނަށް އައިއިރު އެ ބްރޭންޑުން ވަނީ 700 އަށްވުރެ ގިނަ ކެޓަގަރީއަކުން 3،800 އަށްވުރެ ގިނަ އުފެއްދުންތައް ބާޒާރަށް ނެރެފައެވެ.

ރިމެކްސްގެ އުފެއްދުންތައް 120 އަށްވުރެ ގިނަ ޤައުމުތަކުގައި ވިއްކާއިރު، ރާއްޖޭގައި ހުޅުވި އައުޓްލެޓަކީ އެ ބްރޭންޑުގެ 6،300 ވަނަ އައުޓްލެޓެވެ. މީގެ އިތުރުން އެ ބްރޭންޑުގެ އުފެއްދުންތައް ދުނިޔޭގެ 85 އަށްވުރެ ގިނަ އޮންލައިން ޕްލެޓްފޯމުތަކާއި އޮފްލައިން ޓަރމިނަލް ޗެނަލްތަކުން ލިބެންހުރެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...